މަރުހަބާ! މިފަހަރުވެސް އޭދަފުށި ދާއިރާ ސަލީމަށް

434745490_833441008829212_7812486958635877396_n.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ހަރަތުވަނަ ދައިރަކަށް ވާދަކުރައްވައި މިަހަރުވެސް އެގޮނޑި ބޮޑު ތަފާތަކުން ދިފާއު ކުރައްވައިފި އެވެ.

މިހާތަނަށް ދައްކާ ވަގުތީ ނަތީޖާއަށް ބަލާއިރު ސަލީމް ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒު ގެ ހޯލުގައި ބެހެއްޓި ވޯޓު ފޮށިން 211 ވޯޓު ހޯއްދަވާފަ އެވެ. އެވެ. އޭނާ އާ އެންމެ ކައިރިން ވާދަކުރެއްވި ވިސާމަށް ލިބުނީ 181 ވޯޓެވެ. ތައުލީމީ މަރުކަޒުގެ ކްލާސް ރޫމުގައި ބެހެއްޓި ވޯޓްފޮށިން ސަލީމަށް 328 ވޯޞު ލިބި9ފައިވާ އިރު ވިސާމަށް ލިބުނީ 128 ވޯޓެވެ. މަލްޓިޕާޕަސް ހޯލުގައި ބަހައްޓާފައިހުރި ވޯޓްފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ސަލީމަށް 224 ވޯޓް ލިބުނު އިރު، ވިސާމަށް ލިބުނީ 97 ވޯޓެވެ. މީގެ އިތުރުން މާލޭގައި ބަހައްޓާފައިހުރި ވޯޓްފޮށިތަކުގެ ވަގުތީ ނަތީޖާއިން ވެސް ކުރީގައި އުޅުއްވަނީ ސަލީމެވެ.

އޭދަފުށި ދާއިރާ އަށް މިފަހަރު ފަސް ކެންޑިޑޭޓަކު ވާދަކުރި އެވެ. އެއީ ސަލީމުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުﷲ ވިސާމާއި، ޔާސިރު ހުސައިނާއި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އަބްދުލް ހަމީދު އާއި ޖޭޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ނާސިރެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top