ތުޅާދޫ ދާއިރާ އެމްޑީޕީއަށް ގެއްލިއްޖެ

viber_image_2024-04-21_20-40-34-936.jpg

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލިއްޖެ އެވެ.

އެ ދާއިރާގެ ގޮނޑި މި ފަހަރު ކާމިޔާބު ކުރެއްވިކަމަށް ވަގުތީ ނަތީޖާއިން ދައްކަނީ މިނިވަން ކެންޑިޑޭޓް އަބްދުލް ހަނާން އަބޫބަކުރެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ހަތް ކެންޑިޑޭޓުން ވަނީ ވާދަ ކުރައްވައިފައެވެ. އޭގެތެރެއިން މިހާތަނަށް ގުނި ވޯޓުފޮށިތަކުން ކުރި ހޯއްދަވާފައި ވަނީ އަމިއްލަ ކެންޑިޑޭޓު އަބްދުލް ހަނާން އަބޫބަކުރުއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ޕީއެންސީ ކެނޑިޑޭޓް ހަސަން ނިޒާމް (ކަޑޭ)އެވެ. އެމްޑީޕީ ކެންޑިޑޭޓު މުހައްމަދު ޝަފީގް އޮތީ ތިންވަނައިގައެވެ.

މިދާއިރާގެ ގޮނޑި މިހާރު ތަމްސީލު ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ހިސާން ހުސައިންއެވެ. މިފަހަރު އިންތިހާބުގައި ހިސާން ވާދައެއް ނުކުރައްވައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top