ޕީޕީއެމްއަކީ ކުރީ ސަރުކާރުތަކުން އަޅާފައިވާ އިމާރާތްތައް ތަޅާލާނެ ބައެއްނޫން: ސަލީމް

big_DyrG8gegSOZjJjPuQAEIG3GDJ.jpg

އެމްޕީ ސަލީމް

ޕީޕީއެމް ސަރުކާރަކީ ކުރީ ސަރުކާރަކުން އަޅާފައި ހުންނަ އިމާރާތަތައް ތަޅާލަން ވިސްނާނެ ބައެއް ނޫން ކަމަށާއި އެފަދަ މުޑުދާރު އަމަލުތައް ކުރުމަކީ އެއްގޮތަކަށްވެސް ޕީޕީއެމްއިން ތާއީދު ކުރާނެ ކަމެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މިސްރާބަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް، މުއައްސަސާތަކަށް އަތްބާނައި ފުރާޅުން ޓިނު ނެގުން ފަދަ ހުތުރު ކަންކަން ކުރުން ނޫން ކަމަށް ވިދާޅުވެ ނައިބް ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގައިދިޔަ ކަންތައްތަކުގައި ސްޕްރީމް ކޯޓުން ޓިނު ނަގައި ފަނޑިޔާރުން އެކަހެރި ކުރައްވަން ޖެހުނު ސަބަބުން އެންމެފަހުން ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫން ގޮތަކަށް ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވެން އޭރު ނެތް ކަމަށެވެ. އެގޮތުން އޭރު ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވި ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ބައެއްގެ ބޯހިޔާވަހިކަން ފަހިކުރުމަށް އެޅި ހިޔާޕްލެޓްތައް ތަޅާލުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވަނީ މިސަރުކާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. އެއީ އެމަނިކުފާނަށް އެކަނި ނިންމޭ ނިންމުމެއްނަމަ ހިޔާ ފްލެޓްތައް ތަޅާލީސްކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ހިޔާ ފްލެޓްތަކުގައި މިހާރު މީހުން އާބާދުވާން ވަނީ ފަށާފައެވެ. އަދި ހިޔާ ފްލެޓާއެކު ދިރިއުޅުމަށް ބަދަލުތަކެއް އައިސްފައިވާކަމަށްވެސް އެ އާއިލާތަކުން ބުނެފައިވެއެވެ. ހިޔާ ފްލެޓް ސަރުކާރުން ެ ފެލްޓް ލިބުނު މީހުންނާއި ހަވާލުކޮށްފައިވާއިރު، އެތަން ދިނީ ފިނިޝިންގެ މަސައްކަތް ނުނިންމާކަމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top