ތަސްމީނަށް ތިންލައްކަ ރުފިޔާގެ ހުކުމެއް

l_1238830.jpg

ރައްޔިތުންގެ މަޖިލީހުގެ ބ. ކެންދޫ ދާއިރާ ގެ މެންބަރުކަން ވޭތުވެ ދިޔަ ދައުރު ކުރެއްވި  އަދި އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ބ.އަތޮޅު މެންބަރުކަންވެސް ކުރައްވާފައިވާ އަހްމަދު ތަސްމީނު އަލީ، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްކަމުގައިވާ މުހައްމަދު ރާމިޒުގެ އަތުން ދަރަންޏަށް ނަންގަވާފައިވާ 20000 ޑޮލަރު (308400 ރުފިޔާ ) ދެއްކުމަށް ސިވިލްކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ސިވިލްކޯޓުން ތަސްމީނުގެ މައްޗަށް މިފައިސާ ރާމިޒުއަށް ދޭން ހުކުމް ކޮށްފައިވަނީ އެއްބަސްވެފައިވާ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީއެވެ.

ސިވިލްކޯޓުގެ ހުކުމްގައި ބުނެފައިވަނީ ރާމިޒުގެ އަތުން ތަސްމީނު 9ޖޫން 2012 ގައި އަނބުރާ ދައްކަވާގޮތަށް ނެންގެވި ފައިސާ  ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައްކަވާފައި ނުވާކަމަށާއި ފައިސާ އަނބުރާ ނުދެއްކެވިްޖެނަމަ ސްޓޭޓް ބޭންކް އޮފް އިންޑިއާ ގައި އޮތް ތަސްމީނުގެ އެކައުންޓަކުން ނެގޭ ގޮތަށް ދިން ޗެކަށްވެސް ފައިސާ ލިބިފައިނުވާ ކަމަށެވެ. މި ހުކުމުގައި އިތުރަށް ބުނެފައިވަނީ އެފައިސާ ހޯދުމަށް ރާމިޒުކުރެއްވި މަސައްކަތުން އެދެވޭ ޖަވާބެއް ތަސްމީނުގެ ފަރާތުން ނުލިބޭ ކަމުގައެވެ.

ރާމިޒު އަތުން ނެންގެވި ލޯނުގެ ފައިސާގެ އިތުރުން ވަކީލުންގެ ފީ ކަމަށް ވާ 30،000ރ ދައްކަވަންވެސް ތަސްމީނަށް ނަނީ އަންގަވާފައެވެ. މިކަމަށް ކޯޓުން ދިނީ އެއް މަސް ދުވަހުގެ މުއްދަތެވެ.

އަހްމަދު ތަސްމީން އަލީ އަކީ އިނގިރޭސި ވިލާތުގައި ހިންގަމުން އަންނަ އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ހޯމް މިނިސްޓަރުވެސް މެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top