ރާއްޖެ އެންމެންނަށް ކޮވިޑް ވެކްސިން ހިލޭ !

img_md_201912110313441576059224.8102.jpg

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް --ފޮޓޯ :ރައީސް އޮފީސް

ކޮވިޑް-19 ގެ ވެކްސިން، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެސް ހިލޭ ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ލ.ގަމުގައި ހަވީރު އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެ ވެކްސިލް ހިލޭ ފޯރުކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ އެ ވެކްސިން ފޯރުކޮށްދިނުން” ރައީސް ވިދާޅުވިއެވެ. އޭގެ މާނައަކީ ދިވެހިިންނާއި ބިދޭސީންވެސް ހިމެނޭ ގޮތަށް ކަމަށް ބެލެވެ އެވެ.

ރާއްޖެއިން 13000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރޭގައި 4857 ބިދޭސީން ހިމެނެއެވެ. އަދި މިވަގުތު ރާއްޖޭގައި ހުރީ ކޮވިޑް-19 ގެ 1007 އެކްޓިވް ކޭސްއެވެ.

ޑަބްލިޔުއެޗްއޯއިން އުފައްދާފައިވާ ކޯވެކްސް ފެސިލިޓީގައި ރާއްޖޭން ވަނީ ބައިވެރިވެފަ އެވެ. މިއީ ކޮވިޑް-19އާ ގުޅޭ ވެކްސިނެއް އުފެއްދުމާއެކު، އެ އެންމެ ބޭނުންވާ ހައިރިސްކުގެ މީހުންނަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރުމަށް، އުފައްދާފައިވާ ފެސިލިޓީއެކެވެ.

ހުރިހާ ދިވެހިންނަށް ވާވަރަށް ވެކްސިން ހޯދާނެ ކަމަށް ރޭ ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ. ބާކީ ތިބި މީހުންނަށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމިނިސްޓްރީ އިން ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top