ސަމާލް! ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވުން އިތުރުވެއްޖެ

slip-e1606031446910-1.jpg

ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވައި، މަކާރާއި ހީލަތުން މުދާ ހޯދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން މިއަދު މިކަމަށް އިލްތިމާސް ކޮށްފައިވަނީ ފަހަކަށް އައިސް ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕް ހަދައި ވައިބަރކޮށް އޮޅުވާލައި މަކަރާއި ހީލަތުން މުދާ ހޯދަމުންދާ މައްސަލަތައް އިތުރުވަމުން ދިއުމާއި ގުޅިގެންނެވެ.

އެގޮތުން މިފަދަ މީހުން އެކަން ކުރާކަން ފާހަގަކުރެވިފައިވަނީ އެޑިޓްކޮށް ހަދާފައިވާ ސައްހަނޫން ސްލިޕެއް، އެ ސްލިޕްގެ ތާރިހާއި ވަގުތާ އަދި ގަންނަން ބޭނުންވާ އެއްޗަކަށް އަރާ އަގު ބަދަލުކޮށް އެޑިޓްކޮށްގެން ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ސްލިޕްގައި ޖަހާފައިވާ ގަޑީގެ ދެތިން މިނެޓް ކުރިން އެ ސްލިޕްގެ އަގަށްވާ ތަކެތި ނަގަން ފިހާރައަށް ގޮސް ވިޔަފާރި ކުރުމަށްފަހު ފައިސާ ދައްކަން ބުނުމުން، ފައިސާއެކައުންޓަށް ފޮނުވައި ސްލިޕް ވައިބަރ ކޮށްފައިވާކަމަށް ވައްކަން ކުރަން އައި މީހާ ބުނާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިހެން ބުނުމުން ފިހާރައިގެ ފޯނަށް ޓްރާންސްފަރ ސްލިޕް ވައިބަރ ކޮށްފައި އޮތްތަން ފެނުމުން ސޭޓުވެސް އެކައުންޓް ބަލައެއް ނުލާ ކަމަށާއި އެކައުންޓްގެ ނަންބަރު ރަނގަޅުތޯވެސް ކަށަވަރުކޮށް ނުލާއިރު ޓްރާންސްފަރ ސްލިޕް ވައިބަރކޮށްފައި އޮތުމުން ވިޔަފާރިކުރި މީހާ ނުވަތަ އެއްކަލަ ވަގު ކަސްޓަމަރަށް ޔަގީންކަންދީ ފޮނުވާލަނީ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ވައްކަންކުރާ ވަގުން މޮޅެތި އުކުޅުތައް އީޖާދުކޮށް ޒަމާނާ އެއްގޮތަށް ވައްކަންކުރުން ވެސް ތަރައްގީ ކުރަމުންދާއިރު، މަކަރުވެރިންގެ މި އުކުޅުތަކަށް ވިޔަފާރިވެރިންނާއި ސޭޓުން ވަރަށް ރަނގަޅަށް ސަމާލުވެ ލޯ ހުޅުވައިގެން ތިބެންޖެހޭ ކަމަށެވެ.

އޮންލައިންކޮށް ވިޔަފާރިކުރުމަށްފަހު ފޮނުވާ ސްލިޕްތައް ފޮނުވުމުން އެކައުންޓަށް ޖަމާވެފައިވޭތޯ އާއި އެކައުންޓް ނަންބަރު ރަނގަޅުތޯ ވަގުތުން ބަލާލުމަކީ މިފަދަ ކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަމެކެވެ. އޮންލައިން ޓްރާންސްފަރ ކޮށްފިނަމަ ކަސްޓަމަރުގެ މައުލޫމާތު ނޯޓުކުރުމަކީވެސް މިފަދަ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ފަހުން ލިބޭނެ މާބޮޑު ގެއްލުމަކުން ސަލާމަތްވުމަށް މިއީ ކުރެވިދާނެ ކުޑަކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top