ދަރަވަންދޫގައި އާ ފުޓްސަލް ދަނޑެއް އަޅައިފި .

big_Ya8UtmYGUFJnHMn.jpg

ބ.ދަރަވަންދުގައި ސަރުކާރުން އަލަށް އެޅި ފުޓްސަލް ދަނޑު ނިންމައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ދަނދު ހުޅުވުމުގެ ގޮތުން އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހޮނިހިރު ދުވަހުގެ ރޭ އެދަނޑުގައި ވަނީ އަންހެނުންގެ ފުޓްސަލް މެޗަކާއި ފިރިހެނުންގެ ފުޓްސަލް މެޗެއް ބާއްވާފަ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އަހްމަދު މަހްލޫފް، ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ ވާޗުއަލްކޮށް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވުނީތީ ވަރަށް އުފާކުރާ ކަމަށެވެ.

މި ދަނޑުގެ މަސައްކަތް ނިންމާލުމުގައި ރަށުގެ ޒުވާނުންނާއި ކައުންސިލުން ވެދެއްވި އެހީތެރިކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top