ކަރަންޓީނު އަމުރާ ޚިލާފު ވެއްޖެނަމަ 5000ރުފިޔާއިން ޖުރުމަނާ !

Quarantine-Facility-Ah-Meehun-Gendhiyun.jpg

ރާއްޖެއިން ބޭރުން އައި ދިވެއްސަކު ކަރަންޓީނަށް ގެންދިއުމުގެ ތެރެއިން: ފޮޓޯ / ޕޮލިސް

ކޮވިޑް19 އާއި ގުޅިގެން ކަރަންޓީނު ވުމަށް މީހަކަށް އަމުރު ކުރުމުން، އެ އަމުރާ ހިލާފުވެއްޖެ ނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމައި އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި ބެހޭ ގަވާއިދަށް އިސްލާހު ކޮށްފިއެވެ.

އިސްލާހު ކޮށްފައިވާ ގަވާއިދުގައި ބުނަނީ ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި އެކަހެރިކޮށް ބެހެއްޓުމުގެ މަރުކަޒުތައް ކަނޑައެޅުމުން، ނުވަތަ މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކޮށްފައި ނުވަތަ އެކަހެރި ކޮށްފައި ބަހައްޓައިގެން ފަރުވާދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން، އެ ކަމަށް އިހްތިރާމު ކުރަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން އާންމު ސިއްހަތުގެ ނުރައްކާ ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެއްބާރުލުން ނުދީފި ނަމަ އެމީހަކު އެކުރަނީ ގާނޫނީ ކުށެއް ކަމަށް ބުނެފައިވެއެވެ.

އިސްލާހުގައި ބުނެފައިވާ ގޮތުގައި ކަރަންޓީނު ނުވަތަ އެކަހެރިވުމަށް ކުރާ އަމުރާ ހިލާފުވާ ފުރަތަމަ ފަހަރު 2،500 އިން ދެވަނަ ފަހަރު 3،500 އިން ކުރެވޭނެއެވެ. އަދި ތިންވަނަ ފަހަރުން ފެށިގެން އެ އަމުރާ ހިލާފުވާ ކޮންމެ ފަހަރަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް މިއަދު ގެޒެޓު ކޮށްފައިވާ އިސްލާހުގައިވެއެވެ.

މި ގަވާއިދުގައިވާ ކަންކަން ތަންފީޒު ކުރާނީ ފުލުހުން ކަމަށާއި ފުލުހުންގެ ހިދުމަތް ގާއިމްވެފައި ނެތް ރަށެއް ނަމަ އެކަން ތަންފީޒު ކުރާނީ އެރަށެއްގެ ކައުންސިލަކުން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top