ފަތުރުވެރިކަމުގެ ދާއިރާއިން ސްކޮލަޝިޕްތަކެއް ދެނީ

large_164604496156ZBIQ.jpg

ފަތުރުވެރިކަމުގެ ދާއިރައިން ސްކޮލަޝިޕް ދިނުމަށް ބްރިޓިޝް ހައި ކޮމިޝަނާއެކު މަޓީން އެމްއޯޔޫގައި ސަޮއި ކުރުމުގެ ތެރެއިން -- ފޮޓޯ/ މަޓީ

މޯލްޑިވްސް ޓޫރިޒަމް އިންޑަސްޓްރީ(މަޓީ) އިން ބްރިޓިޝް ހައިކޮމިޝަނާއެކު ފަތުރުވެރި ކަމުގެ ދާއިރާއިން ސްކޮލަޝިޕްތަކެއް ދިނުމުގެ އެއްބަސް ވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު މާގިރި ހޮޓަލުގައެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހި ދަރިވަރުންނަށް ފުރުސަތު ލިބޭނީ އިނގިރޭސިވިލާތުގެ ސްކޮލަޝިޕް ޕްރޮޮގްރާމެއް ކަމުގައިވާ ޝެވެނިންގެ ދަށުންނެވެ.

މިރަސްމިއްޔާތުގައި، ބްރިޓިޝް ހައި ކޮމިޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާއެވެ. މަޓީގެ ފަރާތުން ސޮއިކުރެއްވީ، ސެކެޓްރީ ޖެނެރަލް އަހްމަދު ނަޒީރެވެ.

ޝެވެނިން ސްކޮލަޝިޕް ޕްރޮގްރާމަކީ، ޔޫކޭ ސަރުކާރުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ސްކޮލަޝިޕް ދެނީ ތައުލީމީ ފެންވަރު ރަނގަޅު ކުދިންނާއި ލީޑަޝިޕް ރަނގަޅު ކުދިންނަށެވެ.

އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ތަކުން މިސްކޮލާޝިޕްގެ ދަށުން ކިޔެވޭނީ މާސްޓާސް ޕްރޮގްރާމުތަކުގަ އެވެ.

މި ޕްރޮގްރާމަށް އެދި ހުށަހަޅާ ކުދިންނާއި ލިބޭ ތަރުހީބަށް ބެލުމަށްފަހު، މިފަދަ އެހެން ސްކޮލަޝިޕްތަކަށް ހުޅުވާލަން މަސައްކަތް ކުރާނެ ކަމަށް މަޓީން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top