ޑީސަލްގެ އަގު ހެޔޮކޮށްފި

gas.jpg

ސަރުކާރާއި ރައްޔިތުންގެ ކުންފުނި އެސްޓީއޯއިން ޑިސަލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޑީސަލްލިޓަރެއް އެކުންފުނިން ވިއްކަމުން ގެންދާނީ ކުރިން ވިއްކަމުން އައި އަގަސްވުރެ ލިޓަރަކުން 30ލާރި ހެޔޮކޮށް 10.89ރު. އަށް ކަމަށެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މިދިޔަ އަހަރުގެ ތެރޭގައި ވަނީ ތިން ފަހަރެއްގެ މަތިން ހެޔޮ ކޮށްފަ އެވެ. ފާއިތުވި އަހަރު ސައުދީ އަރަބިއްޔާގެ ތެޔޮ ޕްރޮސެސް ކުރާ މަރުކަޒަކަށް ދިން ހަމަލާ އާއި މިއަހަރު މެދުއިރުމަތީގައި އުފެދުނު ހަމަނުޖެހުން ތަކުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިޔަ ނަމަވެސް، އެސްޓީއޯއިން ވަނީ ރާއްޖޭގައި ތެޔޮ ގަންނަން ލިބޭ އަގަށް ބަދަލެއް ނުގެނެސް ހިފަހައްޓާފަ އެވެ.

އެސްޓީއޯގެ އެމްޑީ، ހުސެން އަމްރު ވިދާޅުވީ އެސްޓީއޯގެ އަމާޒަކީ ތެލުގެ ބާވަތްތައް ހެޔޮ އަގުގައި މެދުކެނޑުމެއްނެތި ރާއްޖޭގެ ބާޒާރުން ލިބެން ހުރުން ކަމަށެވެ.

ޑީސަލްގެ އަގު ހެޔޮ ކުރިނަމަވެސް އެ ކުންފުނިން މިފަހަރު ޕެޓްރޯލުގެ އަގަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. ޕެޓްރޯލް ލިޓަރެއް މިހާރު ވިއްކަނީ 10.13ރ. އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top