”ދިވެހިންގެ ރައްކާތެރިކަމަށް ބެލުމެއްނެތި ލަންކާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުން ބަލައިނުގަނެވޭނެ“

3214ABB5-1CD2-4BDC-AE73-2516CE874C1B.jpeg

ކެންދޫ ދާއިރާގެ މެންބަރު އަލި ހުސެން

ލަންކާގައި ތިބި އެތަކެއް ހާސް ދިވެހިރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަަމަށް ބެލުމެއްނެތި ލަންކާގެ ދާޚިލީ މައްސަލަތުގެ މެދަށް ދިވެހި ދައުލަތުން ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީހުސެން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާއަކީ ގިނަ އަދަދަކަށް ދިވެހި އުޅޭ ގައުމަކަށްވާއިރު، އެގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމާތަށް އެއްވެސް ވަރަކަށް ބެލުމެއްނެތި، މައްސަލައިގެ މެދަށް ދިވެހި ދައުލަތުން ވަނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ލަންކާގެ މަސްރަހު ވަރަށް ބޮޑަށް ހޫނުގެ އެގައުމުގެ ރައްޔިތުން ހައިހޫނުކަމުގައި ގިނަ ދުވަސްތަކެއް ހޭދަކަމުންދާ ދަނޑިވަޅެއްގައި ލަންކާގެ ރައީސަށް ރާއްޖެއިން ވަނީ ހިމާޔަތްދީފައެވެ. ރޭ ދަންވަރުގެ ވަގުތެއްގައި އަސްކަރީ ބޯޓެއްގައި ގޮޓާބަޔަ ރާއްޖެ ވަޑައިގަނެފައިވަނީ ރައީސް ނަޝީދުގެ ހުއްދައާއި އެކުކަމަށް ބައިނަލް އަގުވާމީ މީޑީއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ގޮޓާބަޔަ ރާއްޖެ ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރު އަދި އޮތީ ހިމޭނުންނެވެ. އެކަމަކު ސީއެންއެން އިން ބުނާގޮތުން ގޮޓާބަޔަ ދަތުރުކުރެއްވި ލަންކާގެ އަސްކަރީ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ފުރަތަމަ ހުއްދަ ނުދިނަސް އެ ކަން އެހެން ގޮތަކަށް ބަދަލުވެ، ރާއްޖެ އިން ގޮޓާބަޔަ އަށް މަރުހަބާ ކިޔާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ ކަމުގެ ތެރެއަށް ވަދެވަޑައިގަތުމުންނެވެ.

މިކަމާގުޅިގެން ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ފޮރިން މިނިސްޓްރީ ވެސް އޮތީ ހިމޭނުންނެވެ. އެއްޗެއް ނުބުނެއެވެ. މަޖިލީހުގެ އިދާރާއިން ބުނީ އެކަމުގައި ނަޝީދުގެ ދައުރެއް އޮތްކަމެއް ނޭނގޭ ކަމަށެވެ.

އިދިކޮޅު ޕީޕީއެމްއިން ވަނީ ލަންކާ ރައްޔިތުންގެ ވިންދާއި އިހްސާސްތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން ގޮތަބާޔާއަށް ހިމާޔަތް ދިނުމުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ އެތައް ހާސް ދިވެހިން ނުރައްކަލަށް ހުށަހެޅިގެން ދިޔުމުގެ ޒިންމާ ނަންގަވަންޖެހޭނެ ކަން ފާހަގަކޮށްފައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top