ޕީޕީއެމް އިން ”ބަޑި ބުރާސްފަތި“ ނަމުގައި ޖަލްސާއެއް

big_SKL8XhCDTz4gQUDjpePDzGViF.jpg

 

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން “ބަޑި ބުރާސްފަތި” ނަމުގައި ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވާނެ ކަން އަންގައި އިއުލާނު ކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވި މި ޖަލްސާ ބޭއްވުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދަން ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން އެދި ސިޓީ ކައުންސިލުގައި އެދި، ގައިދުރުކަމުގެ މިންގަނޑުތަކާއެކު ޖަލްސާ ކުރިއަށް ގެންދަން އެޗްޕީއޭގައި ހުއްދައަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރު ވެސް މި ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން ސަރުކާރަށް ނުކެރޭނެ ކަމަށް ޝުޖާއު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

“އުންމީދުކުރަން، މާދަމާ ސަރުކާރު ހުޅުވިގެންދާއިރު، މި ދެސިޓީގެ ޖަވާބު ދެ ތަނުން ދެއްވާނެ ކަމަށް. އަޅުގަނޑުމެން މިހާރުވެސް މި ތުހުމަތު ކުރަނީ، ވަކިން ހާއްސަކޮށް މި ދުވަސް ފާހަގަކުރަން ސަރުކާރަށް ނުކެރޭނެކަން ދަންނަވަމުންދާ ހާލު، އަޅުގަނޑުމެން ޔަގީންކުރަން މި ހުއްދަތައް ކުރީ އަހަރެކޭ އެއްގޮތަށް މި ސަރުކާރަށް ދޭން ނުކެރޭނެކަން.” ޝުޖާއު ވިދާޅުވި އެވެ.

މި ސިޓީތަކުގެ ޖަވާބަކަށް އިންތިޒާރު ކުރާނީ މާދަމާގެ އިރުއޮއްސުމާ ހަމައަށް ކަމަށާއި، އެ ވަގުތަށް ޖަވާބެއް ނުލިބިއްޖެނަމަ “ޕްލޭން ބީ” ވަގުތުން އެކްޓިވޭޓް ވާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ކޯލިޝަނުން ބާއްވަން މަސައްކަތް ކުރަމުންދާ ބަޑި ބުރާސްފަތި ޖަލްސާ ރާވާފައި ވަނީ ނޮވެމްބަރު ތިންވަނަ ދުވަހުގެ ރޭ 8:00ގައި ކާނިވާ ސަރަހައްދުގަ އެވެ.

މިދިޔަ އަހަރު އިދިކޮޅު ކޯލިޝަނުން ރޭވި ބަޑިބުރާސްފަތި ޖަލްސާ ބޭއްވުމުގެ ހުއްދަ ނުދިނުމުން ފަހުން ޖަލްސާގެ ބަދަލުގައި ބޭއްވީ އާންމުންގެ އެއްވުމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top