ބ.އަތޮޅު ހިމެނެނީ 1000 ހައުސިން ޔުނިޓް އަޅާ ކެޓަގަރީގައި

DSCN3526.jpg

އޭދަފުށީގެ ހިއްކި ބިން - އީވީ ފައިލް ފޮޓޯ

ރާއްޖޭގެ އެކި ސަރަހައްދުގައި 20000 ހައުސިންގ ޔުނިޓް އެޅުމަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގައި ބ.އަތޮޅު ހިމެނޭ ޒޯނުގައި އަޅަނީ 1000 ޔުނިޓުކަމަށް ހައުސިންގ މިނިސްޓްރީން މިއަދު ހާމަ ކޮށްފިއެވެ.

ބ.އަތޮޅު ހިމެނޭ ޒޯނުގައި ހިމެނެނީ ބ.އަތޮޅާއެކު ށ.، ނ.، ތ.،  ކ. އަދި އދ. އަތޮޅެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ހައުސިން ޔުނިޓް އަޅާނީ ފަޅު ގޯތީގައިތޯ ނުވަތަ ހުސް ބިމުގައިތޯ ނިންމާނީ ކައުންސިލްތަކުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ގިނަ އަދަދަކަށް ހައުސިން ޔުނިޓް އަޅަން ނިންމާފައި ވަނީ ހއ.، ހދ.، އަދި ރ.އަތޮޅުގައެވެ. މިއިން ކޮންމެ އަތޮޅެއްގައި 1500 ހައުސިން ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ދެކުނުގެ ފަސް އަތޮޅު ކަމަށްވާ ލ، ގއ، ގދ ގެ އިތުރުން ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކަނޑައަޅާފައިވަނީ 5000 ހައުސިން ޔުނިޓެވެ.

އެއީ އައްޑޫގައި 1500، ލ.އަތޮޅުގައި 1200، ފުވައްމުލަކުގައި 800 އަދި ގއ.އާއި ގދ. އިން ކޮންމެ އަތޮޅެއްގައި 750 ހައުސިން ޔުނިޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top