ކޮލޮސްޓްރޯލް ދަށްކޮށްދޭ ކާނާ

FruitCereal_DT.jpg

ކޮލޮސްޓްރޯލް މައްޗަށް ދިއުމަކީ ހިތުގެ މައްސަލަ ތަކުގެފެށުމެވެ. ވިމާ ކޮލޮސްޓްރޯލް މައްޗަށް ދާމިހަކު ނަމަ ދަށް ކުރަން މަސައްކަތް ކުރުމަކީ އަންނަން އޮތް ނުރައްކަލުން ސަލާމަތް ވުމަށް ޓަކާ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ.
މިދަންނަވާ ކާނާ ތަކަކީ ކޮލޮސްޓްރޯލް ދަށް ކުރުމަށް އެންމެ މޮޅު ކާނާގެ ގޮތުގައި ފާހަގަ ކޮށްފައިވާ ތަކެއްޗެވެ.

އޯޓްސް
oats
ކޮލޮސްޓްރޯލް ދަށް ކޮށް ދިނުމުގެ އިތުރުން އޯޓްސް އަކީ ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅު ކޮށްދީ ގިނަ އަދަދަކަށް ފައިބަރވެސް އެކުލެވިގެންވާ ކާނާ އެކެވެ. ފައިބަރ އެކުލެވޭ ކާނާ އަކީ ޚާއްސަ ކޮށް ދުވަސް ވަމުންދާ ވަރަކަށް ހަށިގަނޑަށްވަރަށް ބޭނުންތެރި މާއްދާއެކެވެ.ވީމާ ކޮންމެ ދުވަހެއްގެ ކާނާ ގައިވެސް އޯޓްސް ހިމަނުއްވާށެވެ.

މަސް
fish
މަހަކީ ކޮލޮސްޓްރޯލް ދަށް ކުރުމަށް އެއާ ވާދަ ނުކުރެވޭނެ ދެވަނައެއް ނެތް އެންމެ މޮޅު ކާނާގެ ގޮތުގައި ހިމެނޭ ބާވަތެކެވެ. މަހުގައި ހުންނަ އޮމެގާ 3 އަކީ މުޅިހަށިގަނޑު ރަނގަޅު ސިއްޙަތެއްގައި ބެހެއްޓުމަށް ބޭނުން ބޮޑު އެއްޗެކެވެ. އޮމެގާ 3 އަކީ އެޗް.ޑީ.އެލް ނުވަތަ ރަނގަޅު ކޮލޮސްޓްރޯލް މަތި ކުރުމުގެ އިތުރުން އެލް.ޑީ.އެލް ނުވަތަ ނުބައި ކޮލޮސްޓްރޯލް ދަށް ކުރުމަށް އެންމެ ރަނގަޅު އެކައްޗެވެ. އެންމެ ފައިދާހުރި މަހުގެ ތެރޭގައި މެކަރޯލް، ސަލްމަން، އަލްބަކޯ، ކަންނެލި ، ސާޑިން، ކޯރުމަސް ހިމެނެއެވެ.

ނަޓް
nuts
ބައެއް ވައްތަރުގެ ނަޓްސް އިން ކޮލޮސްޓްރޯލް ދަށް ކުރަނީ ފެޓްގެ ތެރޭގައި ހުންނަ ދެބާވަތުގެ ތެރެއިން ރަނގަޅު ވައްތަރުގެ ފެޓް އެކުލެވިގެން ވާތީއެވެ. ވޯލްނަޓް، އާމަންޑްފަދަ ނަޓް ހިމެނެނީ އެންމެ ރަނގަޅު ނަޓްގެ ގޮތުގައެވެ. އެކަމަކު ސަމާލުކަން ދޭން ޖެހޭ ކަމަކީ މީގައި ލޮނު އެކުލެވިގެން ނުވުމެވެ. ބާޒާރުގައި ވިއްކަން ހުންނަ ނަޓް ޕަކެޓްގައި އާއްމު ކޮށް ލޮނު އެކުލެވިގެން ވެއެވެ.އެންމެ ރަނގަޅު ގޮތަކީ ގޭގައި އަމިއްލަ އަށް ތައްޔާރު ކޮށްލައިގެން ނުވަތަ އެއްވެސް އެއްޗަކާ އެއްނުކޮށް ހުންނަ ނަޓް ކެއުމެވެ.

ބީންސް(ތޮޅި )
beans
ބީންސަކީ ހިތުގެ ބަލި މީހުންނަށާ ހިތަށް ފަރުވާ ހޯދުމަށާ ކޮލޮސްޓްރޯލް ދަށް ކުރުމަށް ވަރަށް މޮޅު އެއްޗެކެވެ. ބީންސަކީ ފައިބަރުން މުއްސަދި ވެފައިވާ އޭގައި ޕްރޮޓީން ވެސް ގިނަ އަދަދަކަށް އެކުލެވިގެންވާ ކާނާ އެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މަދުވެގެން ބައި ޖޯޑު ހުންނަ ވަރުގެ ބީންސް ދުވާލަކު ކެއުމުގާ ބޭނުން ކުރާނަމަ ކޮލޮސްޓްރޯލް ދަށް ވުމަށް އެހީވެދިނުމުގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ ވަރަށް ޕްރޮޓިން އާއި ފައިބަރވެސްލިބޭނެ އެވެ. ބްލެކް ބީންސް އާއި ކިޑްނީ ބީންސަކީ އެންމެ ޓޮޕް ލެވެލް ގައި ހިމެނޭ ދެ ވައްތަރެވެ.

ލޮނުމެދު
lonumedhu
ލޮނުމެދަކީ އޭގައި އަޖައިބެއްކަހަލަ ގިނަ ފައިދާ އެކުލެވިގެންވާ އެއްޗެކެވެ.ކޮލޮސްޓްރޯލް ދަށް ކުރުމުގެ އިތުރުން އާޓެރީ ސާފު ކޮށްދިނުމުގައިވެސް ލޮނުމެދު އެހީވެދެއެވެ. ދުވާލަކު ހަތަރުލޮނުމެދު ވަރުވެސް ރަގަޅު ވާނެއެވެ. ލޮނުމެދަކީ އެތައް ބައްޔަކަށްވަރަށްރަގަނޅު ޝިފާއެކެވެ.

މޭވާ
fruits
ފައިބަރުން މުއްސަނދި ވެފައިވާ ތާޒާ މޭވާ ބޭނުން ކުރާށެވެ. އާފަލު، ޕެއަރ، މޭބިސްކަދުރު، ސްޓްރޯބެރީ އާއި ހުތް މޭވާ އާއި ގްރޭޕް ފުރުޓް ގައި ގިނައަދަދަކަށް ސޮލަބްލް ފައިބަރ އެކުލެވިގެން ވެއެވެ. މި ބާވަތުގެ ކާނާ އަކީ ކެއުމުގާ ލިމިޓެއް ނުވަތަ ވަކި މިންވަރެއް އޮތް ކަމެއްނޫނެވެ.

ޒައިތޫނި ތެޔޮ
olive oil
ބޭނުން ކުރަންވާނީ އެއްޗެތި ތެލުލަން ނޫން ގޮތެއްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top