ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ގޮނޑިއަށް އަމިއްލަގޮތުން އިންތިޚާބުވި އަބްދުއްލަތީފް މުހައްމަދު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.
މުސްތަފާ އާއި ލަތީފް ޕީޕީއެމަށް ސޮއިކުރައްވާފައި ވަނީ މިހާރު ނަސަންދުރާ ޕެލެސް ހޮޓެލްގައި ކުރިއަށްދާ
ރަސްމިއްޔާތެއްގަ އެވެ.
މި ދެ ބޭފުޅުންނާ އެކު 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެންބަރުންގެ އަދަދު ވަނީ 37 އަށް އަރައިފަ އެވެ. އަދި ވެރިކަންކުރާ ކޯލިޝަންގެ މެންބަރުންގެ އަދަދު ވަނީ 57 އަށް އަރައިފަ އެވެ. އެއީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައެވެ.