މިހާރު ގޭގައި ހުރެގެންވެސް އިންޓަނެޓް ބޭންކިންގ އަށް ރަޖިސްޓްރީ ކުރެވޭނެ.

maxresdefault.jpg

މިހާރު ގޭގައި ތިބެގެންވެސް  އިންޓަނެޓް ބޭންކިންއަށް ރަޖިސްޓްރީ ކުރެވޭ ގޮތް ބީއެމްއެލް އިން ހަމަޖައްސައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް އެ ހިދުމަތަށް އެދި ރަޖިސްޓްރީ ކުރަން ޖެހެނީ އެންމެ ކައިރީގައި ހުންނަ ބީއެމްއެލް ބްރާންޗަކަށް ފޯމު ހުށަހަޅައިގެންނެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި ހިދުމަތް ހޯދުމަށް މިހާރު އެ ބޭންކުގެ ވެބްސައިޓުގައިވާ ފޯމު ޑައުންލޯޑު ކުރުމަށްފަހު މައުލޫމާތުތައް ފުރިހަމަ ކުރުމަށް ފަހު އެ ފޯމުގެ ފޮޓޯއެއް ނުވަތަ ފޯމު އީމެއިލް ކުރެވޭނެއެވެ. އީމެއިލް ކުރަން ޖެހެނީ  [email protected] އަށެވެ.

ބީއެމްއެލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި އެކައުންޓާއި ކާޑުގެ ބެލެންސް ބެލުން، އެކައުންޓް ސްޓޭޓްމަންޓް ބެލުމާއި ޑައުންލޯޑު ކުރުން، އެހެން މީހުންނާއި އަމިއްލަ ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުން ހިމެނެ އެވެ. އަދި ލުއި ލޯން، ކްރެޑިޓް ކާޑު ހައްދަށް ފޯމު ހުށަހެޅުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.

މި ހިދުމަތްތަކުގެ ތެރޭގައި އިންޓާނެޓް، މޮބައިލް ބޭންކިން، ޕޭމަންޓްގޭޓްވޭ އަދި ޑިޖިޓަލް ވޮލެޓް ހިމެނެ އެވެ. ބޭންކުގެ މެދުވެރިކޮށް ހިންގޭ މުއާމަލާތުގެ 90 އިންސައްތަ އަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މުއާމަލާތްތަކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top