މިއަހަރުގެ އާޝޫރާ ދުވަހަކީ ބުދަ ދުވަސް

unnamed.jpg

Taj Mahal Agra India

މިއަހަރުގެ އާޝޫރާ ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރި ނަމަވެސް ކޮންމެ ގައުމެއްގެ ރައްޔިތުންވެސް އަމަލުކުރަންވާނީ އެ ބަޔަކު ދިރިއުޅޭ ތަނުގެ އުސޫލުގެ މަތީން ކަމަށެވެ.

ރާއްޖޭގައި އަމަލު ކުރެވެމުންދާ އުސޫލުގެ މަތިން 1443 ވަނަ އަހަރުގެ މުހައްރަމް މަހުގެ 1 ވަނަ ދުވަހަކީ އޮގަސްޓް މަހުގެ 9 ވަނަ ދުވަސް ކަމަށް ވާތީ މުހައްރަމް މަހުގެ 10 ވަނަ ދުވަހަކީ (އާޝޫރާ ދުވަހަކީ) އޮގަސްޓް މަހުގެ 18 ވާ ބުދަ ދުވަސްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީ ސުންނަތް ވެގެންވާ ކަމަކަށް ވުމުން ރޯދަ ހިފުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އާޝޫރާ ދުވަހު ރޯދަ ހިފުން ސުންނަތް ވެގެންވާ ގޮތަކީ އާޝޫރާ ދުވަހުގެ ކުރީދުވަހާއެކު ނުވަތަ އާޝޫރާ ދުވަހާއި އެ ދުވަހުގެ ފަހު ދުވަހާއެކު ރޯދަ ހިފުންކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އާޝޫރާ ދުވަސް ފާހަގަ ކުރަނީ ސަލާމްލެއްވި ނޫހުގެފާނު ނަވުން ފައިބައިވަޑައިގަތް ދުވަހަށް ވުމުންނާއި، ﷲ ތައާލާ މޫސާގެފާނުން ފިރުއައުންގެ ކިބައިން ސަލާމަތް ކުރެއްވި ދުވަހުގެ ގޮތުގައިވެސްމެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top