ބޭންކް ފަޅާލާފަ އަންނަން ދެން މަޑުކުރުމަށް ޓެކްސީ ޑްރައިވަރެއް ކައިރީ ބުނެފި

19160960821.jpg

ބޭންކް ފަޅާލާފަ އަންނަންދެން ބޭންކްގެ ކައިރީ މަޑުކުރުމަށް ބޭންކް ފަޅަން ވަތް މީހާ ޓެކްސީ ޑްރައިވަރެއް ކައިރީ ބުނެފިއެވެ.

އިނގިރޭސި ވިލާތުގަ ހިނގި މި ހާދިސާގަ މި މީހާ ބޭންކް ފަޅަން އެ ބޭންކަށް ވަނުމުގެ ކުރިން މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވާ އެ ޓެކްސީ ދުއްވަން އިން ޓެކްސީ ޑްރައިވަރު ކައިރީ ވަނީ އޭނާ ބޭންކް ފަޅާލާފަ އަންނަންދެން ބޭންކް ކައިރީ މަޑުކުރުމަށް އެދިފައެވެ. ބޭންކް ފަޅަން ވަތް މީހާ ބޭންކް ފެޅުމަށްފަހު ނިކުތް ވަގުތު އޭނާ މަޑުކުރަން އެންގި ޓެކްސީ ބޭންކުގެ ކައިރީ އޮތެވެ.އަދި އެމީހާ ބޭންކް ފެޅުމަށްފަހު ނެގި ފައިސާ ދަބަހެއް ހިފައިގެން ވަނީ ކާރަށް އަރިގެން ގޮސްފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ އިނގިރޭސި ވިލާތުގެ ފުލުހުން ބުނީ ބޭންކެއް ފަޅަން ވަންނަ މީހަކު ޓެކްސީ ޑްރައިވަރެއް ކައިރީ މަޑުކުރުމަށް ބުނުމަކީ ވަރަށްސް ވެސް އާދަޔާ ހިލާފްކަމެއް ކަމަށާއި މިހާރު އެ ޓެކްސީ ޑްރައިވަރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

“ބޭންކެއް ފަޅަން ވަންނަ މީހަކު ޓެކްސީ ޑްރަވައިރެއް ކައިރީ މަޑުކުރަން ބުނަމީ ވަރަށް ވެސް އާދަޔާ ހިލާފްކަމެއް.އަހަންނަށް ހީވަނީ އެ ޓެކްސީ ޑްރައިވަރަށް ވެސް ނޭގުނީހެން އޭނާ ކުރަން އުޅުނު ކަމެއް.އަހަރުމެން މިހާރު މިދަނީ އެ ޓެކްސީ ޑްރައިވަރު ހޯދުމުގެ މަސައްކަތް ކުރަމުން” އިނގިރޭސި ފުލުހެއް ބުޏްނެވެ.

ބޭންކުގެ ތެރޭގައި ބަހައްޓާފައި ހުރި ސީސީޓީވީ ފުޓޭޖްތަކުގެ އެހީގަ ބޭންކް ފަޅަން ވަތް މީހާގެ މައުލޫމާތު ހޯދާ އޭނާވެސް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުޏްނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top