ޓާފް ދަނޑު ހުޅުވުން 16ގައި

DSC_2095-1024x683.jpg

އޭދަފުށީގައި އޭދަފުއްޓަށް އުފަން ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު (ކްރައުން ނަޒީރު )ގެ އަމިއްލަ ހަރަދުގައި ތަރައްގީ ކޮށްފައިވާ ބައިނަލް އަގްވާމީ ފެންވަރުގެ ޓާފް ދަނޑު މިމަހުގެ 16ގައި ހުޅުވާ ގޮތަށް ނިންމައިފިއެވެ.

މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމާފައިވާއިރު އެންމެ ޚާއްސަ ކަމަކަށް އޮތީ އެދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޚާއްސަ ފުޓްބޯޅަ މެޗެވެ. މި މެޗުގައި ވާދަ ކުރަނީ އޭދަފުށިން ހޮވާލެވޭ ޓީމަކާއި، އެފްއޭއެމް އިން ހޮވާލާ ޓީމެކެވެ

މި މެޗަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށިން ހޮވާލެވޭ ޓީމްގެ ޕްރެކްޓިސް ކުރުން ޓާފް ދަނޑުގައި މިދިޔަ އަންގާރަ ދުވަހު ވަނީ ފަށާފައެވެ.

254000 އަކަފޫޓްގެ މިދަނޑުގައި އަޅާފައިވާ ޓާފްއަކީ ފީފާއިން ގަބޫލުކުރާ ފެންވަރަށް ދުނިޔޭގައި ޓާފް އުފައްދާ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސް.ޕީ.އޭ އިން އުފައްދާފައިވާ އެސްޕީމެކްސް45 ގެ ޓާފެވެ. އަދި ދަނޑުގައި ހަރުކުރާ ލައިޓިން ސިސްޓަމަކީ މީގެ ދަނޑަކަށް އެންމެ ރަނގަޅު ލައިޓިން ސިސްޓަމް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top