ވޫލުން ވިޔެފައިވާ ފުޓްބޯޅަ ބޫޓެއް އުފައްދައިފި!

boot.jpg

ދުނިޔޭގައި ފުރަތަމަ ފަހަރަށް ވޫލުން ވިޔެފައިވާ ފުޓްބޯޅަ ބޫޓެއް މުޅި ދުނިޔެއަށްވެސް މަޝްހޫރު ޖަރުމަނުވިލާތުގެ އެޑިޑާސް ކުންފުނިން މިމަހު 17 ވަނަ ދުވަހު ބާޒާރަށް ނެރޭނެއެވެ. އެގޮތުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ މީގެ އެންމެ 150 ބޫޓް ކަމަށް އެޑިޑާސް ކުންފުނިން ބުނެއެވެ.

މި ބޫޓް ބާޒާރަށް ނެރުމުގެ ކުރިން މި ބޫޓުގައި ފުރަތަމަ ފަހަރަށް ކުޅޭތަން ދައްކާލުމުގެ ގޮތުން މިމަހުގެ 16 ވަނަ ދުވަހު އިނގެރޭސިވިލާތުގެ ގަދަ ދެ ބާރުކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލު ކުރާ މެޗްގައި ލިވަޕޫލް އަދި އިނގެރޭސި ޕްރިމިއަރ ލީގުގައި މިހާތަނަށް 23 ލަނޑު ކާމިޔާމިޔާބުކޮށްދީފައިވާ ލުއިސް ސުއަރޭޒް އެރުމަށް ވަނީ ހަމަޖެހިފައެވެ.

165 ގްރާން ހުންނަ ލުއި މި ބޫޓަކީ ކުރިޔަށް އޮތް ވޯލްޑް ކަޕްގައި މަޝްހޫރު ގިނަ ކުޅުންތެރިން ބޭނުން ކުރާނެ ބޫޓެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top