ފުޓްބޯޅަ އަދި ބަށި ޓީމްގެ ޝަރަފުގައި ގޮއިދޫ ރައްޔިތުންނަށް ޖާފަތެއް

image-0-02-06-9a602c1492f761a35529b5910255908c5b77fe64707f24ce36aa835d62a12057-V.jpg

ބ. ގޮއިދޫ ފުޓްބޯޅަ ޓީމާއި، ބަށި ޓީމް މިއަހަރު ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އެރަށު ރައްޔިތުންނަށް ޖާފަތެއް ބާއްވައިފިއެވެ.

މިރޭ ގޮއިދޫ ގައި ބޭއްވި މިޖާފަތުގައި އެރަށުގެ ރައްޔިތުންންގެ އިތުރުން، ބަށި ޓީމް އަދި ފުޓްބޯޅަ ޓީމްގެ ކުޅުންތެރިންނާ އޮފިޝަލުން ބައިވެރިވިކަމަށް ގޮއިދޫގައި ހުރި އީވީގެ ރިޕޯޓަރ ބުނެއެވެ. ރައްޔިތުން އަމިއްލައަށް ގޭގޭގައި ކައްކައި، ކެއުން ތައްޔާރުކޮށް ކުރިޔަށް ގެންދިޔަ މިހަފްލާގެ ތެރޭގައި ސްޓޭޖް ޝޯއެއްވެސް ކުރިޔަށް ދިޔަކަމަށް ރިޕޯޓަރ ބުނެއެވެ.

މިރޭގެ ހަފްލާގައި ވާހަކަ ދައްކަމުން ފުޓްބޯޅަ ޓީމްގެ މެނޭޖަރ އަހްމަދު ރިޔާޒު ބުނީ މިއީ ރަށު ރައްޔިތުންގެ އެހީއާ، އެއްބާރުލުމާއެކު ލިބުނު ކާމިޔާބީތަކެއްކަމަށާ، ފުޓްބޯޅަ ޓީމް އަދި ބަށި ޓީމުން ރަންމެޑަލް ދިފާއުކުރުމަށް މިހާރުން ފެށިގެން މަސައްކަތް ފަށާނެކަމަށެވެ. އަދި އަންނަ އަހަރު ޓީމްތަކަށް ޒުވާން ކުޅުންތެރިން ނެގުމަށް އިސްކަން ދޭނެކަމަށްވެސް ރިޔާޒު ބުންޏެވެ.

އަތޮޅު ފުޓްބޯޅަ ޗެލެންޖް 2016 މުބާރާތުގެ ޗެންޕިއަންކަން ގޮއިދޫން ހޯދީ އަންގާރަ ދުވަހު އޭދަފުށީގައި ކުޅެވުނު ފައިނަލް މެޗްގައި ފެހެންދޫއާ ވާދަކޮށް 1-0ން މެޗު ކާމިޔާބު ކޮށްގެންނެވެ. ޗެންޕިއަންކަމާއެކު ގޮއިދޫއަށް 50000ރުފިޔާވެސް ވަނީ ލިބިފައެވެ. މިއީ އަތޮޅު ފުޓްބޯޅަ ޗެލެންޖް ގޮއިދޫން ހޯދި 3 ވަނަ ފަހަރެވެ.

ބަށި މުބާރާތުގެ ޗެންޕިއަންކަން ގޮއިދޫ ހޯދީ ފައިނަލުގައި އޭދަފުށްޓާއި ބައްދަލުކޮށް ކުޑަތަފާތަކުން އޭދަފުށި ބަލިކޮށްގެންނެވެ. ބަށީގެ ތަށި ގޮއިދޫން ހޯދި މިއީ ދެވަނަ ފަހަރެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top