ގްރޭޑު 10ގެ ދަރިވަރުންނަށް ”ޓެލެކިލާސް” ފަށައިފި

69857116_3171269172899611_8226500133064278016_o.jpg

ބއތމ.ގެ ދަރިވަރުން ކޮޅެއް --ފޮޓޯ : ބއތމ.އެފްބީ

ކޮރޯނާ ވައިރަސް އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާތީ ގްރޭޑް10 ގެ ހުރިހާ ދަރިވަރުނނަށް ޕީއެސްއެމްގެ ޔެސް ޓީވީ މެދުވެރިކޮށް “ޓެލިކިލާސް”މެދުވެރިކޮށް ކިޔަވައިދޭން ފަށައިފި އެވެ.

މި ކްލާސްތައް މިއަދު ކުރިޔަށް ގެންދަނީ ހެނދުނު8:00 ން ފެށިގެން މެންދުރު ފަހު2:00 އަށެވެ. މިއަދު ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި އިސްލާމް، އިނގިރޭސި، ހިސާބު، ކޮމްޕިއުޓާ ސްޓަޑީސް އަދި ދިވެހި ހިމެނެ އެވެ. ކޮންމެ މާއްދާއަކަށް ކަނޑައަޅާފައިވަނީ 30 މިނެޓެވެ.

މީގެ އިތުރުން މެންދުރު 12:00 ގައި ބްރޭކެއް ނެގުމަށް ފަހު 1:00 ން 2:00 އަށް ކުރިޔަށް ގެންދަނީ އިސްލާމް މާއްދާއަށް އަމާޒުކޮށްގެން ފޯރަމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކްލާސްތަކުގައި ކިޔަވައިދޭނީ މާލޭގެ އެކި ސްކޫލްތަކުގައި ގްރޭޑް10 އަށް ކިޔަވައިދޭ ޓީޗަރުން ކަމަށެވެ.

މިކްލާސްތައް ޔެސް ޓީވީގެ ފޭސްބުކް ޕޭޖުން ނާއި ޔޫޓިއުބް މެދުވެރިކޮށްވެސް ބެލޭނެކަމަށް އެޑިއުކޭޝަން އިން މައުލޫމާތު ދެއްވަ އެވެ. އެމިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގްރޭޑް10ގައި ކިޔަވާ ދަރިވަރުން މި ޕްރޮގްރާމް ބަލާތޯ ކަށަވަރު ކުރުމަށް ސްކޫލްތަކަށް އަންގާފައި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކުރަން ޖެހުމުން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ގެންދަނީ ބްރޯޑްކާސްޓު ކޮށްގެންނާއި އޮންލައިން ކޮށް ކިޔަވައިދިނުމަށް ތައްޔާރުވަމުންނެވެ.

މިހާރު ހަމަޖައްސާފައިވާ ގޮތުން ސްކޫލުތައް ދެން ހުޅުވޭނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top