އަމިއްލަ މޯލްޑިވްސް ރިސޯޓުން މުވައްޒަފުންގެ އަގު ވަޒަންކޮށްފި

364395_3_4267e53ddf21ff3d33f9d75c6ca4c57568dc6359_large.jpeg

ބ.އަތޮޅުގައި ހިންގަމުން އަންނަ އަމިއްލަ މޯލްޑިވްސް ރިސޯޓުން އެރިސޯޓުގެ މުވައްްޒަފުންގެ އަގު ވަޒަން ކޮށްފި އެވެ.

އެރިސޯޓުގެ އަށްވަނަ އަހަރީ ދުވަހާ ގުޅުވައިގެން މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ.

މި ހަފްލާގައި، ފަސް އަހަރަށް ވުރެ ގިނަ ދުވަހު ރިސޯޓުގައި މަސައްކަތް ކޮށްފައިވާ 62 މުވައްޒަފެއްގެ ހިދުމަތް ފާހަގަކޮށް ހާއްސަ އެވޯޑެއް ވަނީ ދީފަ އެވެ. އަދި “އައިލެންޑާ އޮފް ދަ އިޔާ” އެވޯޑާއި “ލީޑާ އޮފް ދަ އިޔާ އެވޯޑް” ދެ ކެޓަގަރީއަކުން ވަނީ ދީފަ އެވެ.

“އައިލެންޑާ އޮފް ދަ އިޔާ” އެވޯޑުގެ ރޮކްސްޓާ ކެޓަގަރީ މި ފަހަރު އެވޯޑު ހޯދީ ހަސަން ޒައީމެވެ. އެ އެވޯޑުގެ ސުޕަހީރޯ ކެޓަގަރީއިން އެވޯޑު ހޯދީ އެމްޑީ މޮސަރޮފް ހަސަން އެވެ.

“ލީޑާ އޮފް ދަ އިޔާ” ގެ އެވޯޑު ކާމިޔާބު ކުރީ އެ ރިސޯޓުގެ ޑިރެކްޓާ އޮފް އެޗްއާރް، ހަސަން ޝަރީފެވެ. އޭނާއަށް މި އެވޯޑު ލިބުނީ މުވައްޒަފުންގެ 70 ޕަސެންޓު ވޯޓާއި ކޭޕީއައި އެޗީވްމަންޓާއި ޕާފަމަންސަށް 30 ޕަސެންޓުން މާކްސް ލިބިގެންނެވެ.

މީގެ އިތުރުން އެ ރިސޯޓުގައި ގިނަ ދުވަހު ޚިދުމަތް ކުރި ދިވެހި މުވައްޒަފުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް ވަނީ އުމްރާ ދަތުރެއް ދީފަ އެވެ. ދިގު މުއްދަތަކަށް ހިދުމަތް ކުރި ބިދޭސީ މުވައްޒަފުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމުވެސް ވަނީ ދީފަ އެވެ.

އެ ހަފްލާގައި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖޭސަން ކްރޫސް ވަނީ މުވައްޒަފުންގެ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެ ގޮތުގައި ދެމި ތިބެ، ރިސޯޓުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ގޮވައިލެއްވި އެވެ.

ޑިނާ ނައިޓަކާ އެކު ކުރިއަށް ދިޔަ އެ ހަފްލާ ނިންމާލާފައި ވަނީ މުވައްޒަފުންގެ މުނިފޫހިފިލުވުމުގެ ހުށަހެޅުންތަކަކުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top