ބ. ކެންދޫގައި ފެނާއި ނަރުދަމާ އަޅަން ޑިޒައިން ތައްޔާރު ކުރުމަށާ ދަރަވަންދޫގެ ނަރުދަމާގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ،
ކެންދުއާއި ދަރަވަންދޫގެ އިތުރުން އަތޮޅުތެރޭގެ ފަސް ރަށެއްގައި މިމަސައްކަތް ކުރުމަށް ހުޅުވާލާފައިވާއިރު ފިނޭންސް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްތައް ހިންގާނީ ސަރުކާރަށް އޮޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑެވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ކަމަށެވެ.
އެ ޕްރޮޖެކްޓަށް ބީލަން ހުޅުވާލުން އޮންނާނީ މިމަހުގެ 23 ވާ ބުރާސްފަތި ދުވަހު އެވެ.
އެ ޕްރޮޖެކްޓާ ބެހޭ ގޮތުން ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ޕްރޮޖެކްޓްގެ މަަސައްކަތްތައް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ފެށޭވަރުވާނެ ކަަމަށެވެ.
ފެނާއި ނަރުދަމާ ގާއިމްކުރުމަށް ފަހު އެ ތަންތަންތަން ބަލަހައްޓަން ހާވާލުކުރޭނެ ކުންފުންޏެއް އަދި ކަނޑަނާޅާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
“ފަހަރެއްގައި ފެނަކަ ނުވަތަ ސްޓެލްކޯއާ ވެސް ހަވާލުކޮށްފާނެ.” އޭނާ ވިދާޅުވި އެވެ.