ދޮންފަނު ކަނޑުއޮޅީގައި ލޯންޗަކާ، ޑިންގީއެއް އެކްސިޑެންޓްވެ، މީހަކު ގެއްލިއްޖެ

large_144372257712GxlR.jpg

ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓުވެ ޑިންގީގައި އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ހާދިސާ ހިނގައިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 19:06 ހާއިރު ކަމަށެވެ. އަދި ގެއްލިގެން ހޯދަމުން ދަނީ ދިވެއްސެއް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާގޮތުން ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ މުޝްތަރީގޭ ނަސްރުﷲ އަބްދުﷲއެވެ.

އެ ހާދިސާއާ ބެހޭގޮތުން ފުލުހުން ބުނީ، އެކްސިޑެންޓުވެގެން އުޅެނީ ބ. ދަރަވަންދޫއިން ފުރައިގެން ދިޔަ ޑިންގީއަކާއި ބ. އޭދަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއް ކަމަށެވެ.

ގެއްލިގެން އުޅެނީ ޑިންގީގައި ތިބި ހަތަރު މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން ބުންޏެވެ. އަނެއް ތިން މީހުން ލޯންޗަށް އަރުވާފައިވާ ކަމަށާއި، އެކްސިޑެންޓުވި ޑިންގީ އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެކިކަހަލަ އުޅަންދުފަހަރުގައި އާންމުންނާއި، ފުލުހުން އަދި އެމްއެންޑީއެފުން ކެނޑިނޭޅި ކުރަމުން އެބަދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top