ޕީޕީއެމް/ ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މިމަހު 23ގައި

WhatsApp-Image-2023-12-06-at-22.17.51_f532a54b.jpg

ޕީޕީއެމް-ޕީއެންސީގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައިވާ ބާއްވާ ޕްރައިމަރީގެ ތާރީޚު މި މަހު 23 އަށް އަވަސްކޮށްފި އެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ޕްރައިމަރީއަށް ކުރިމަތިލުމަށް ކުރިން ހުޅުވާލީ މިމަހުގެ 20 އިން 31 އަށެވެ. ޕްރައިމަރީ ބާއްވާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލަން ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓުން ފާސްކޮށްފައިވާ ކަމަށެވެ. އަދި ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގައި ޕްރައިމަރީ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށް އަދުރޭ ވިދާޅުވި އެވެ.

އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގާ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދެ ޕާޓީން ކުރެ ޕާޓީއެއްގެ ރަޖިސްޓްރީގައި މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހިމެނިފައިވުމާއި ޕާޓީގެ ފަރާތުން އިންތިކާބުގައި ވާދަނުކުރެވޭ ފިޔަވަޅެއް އަޅާފައި ނުވާ ފަރާތަކަށް ވުމުގެ އިތުރުން ގާނޫނު އަސާސީންނާއި ގާނޫނު ތަކުން އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހުރުން ހިމެނެއެވެ.

ޕީޕީއެމް ޕީއެންސީން ބުނި ގޮތުގައި ޕްރައިމަރީގައި ވޯޓު ލެވޭނީ މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ދެ ޕާޓީން ކުރެ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top