އަންނަ އަހަރު ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގާނެ

80061423.jpg

އަންނަ އަހަރުން ފެށިގެން ދައުލަތަށް އާމްދަނީ ހޯދުމުގެ ގޮތުން ޕްލާސްޓިކް ކޮތަޅުން ޓެކްސްއެއް ނަގަން ބަޖެޓުގައި ހިމަނައިފި އެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކްސްއެއް ނަގަން ފަށަން ނިންމީ މިދިޔަ އަހަރު އެންވަޔަރންމެންޓް މިނިސްޓްރީން އެކުލަވާލި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޓެކްސް ނެގުމަށް ކަނޑައަޅާފައިވަނީ، ކޮންމެ ސައިޒެއްގެ ކޮތަޅަކަށް ވެސް ދެ ރުފިޔާއެވެ. މި ޓެކްސް ނަގަން ރާވާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުން ތަންފީޒު ކުރަން ބޭނުންވާ ސިޔާސަތުތައް ތަންފީޒު ކުރުން ލަސްވާ ނަމަ އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އާމްދަނީއަށް އޭގެ އަސަރު ކުރާނެ ކަމަށް ބަޖެޓު ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސްއިން ދައުލަތަށް 47.7 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައި ވެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެއީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަދު ހުށަހެޅުއްވި އެ ބަޖެޓުގައި ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާ އާ ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެ ކަމަށް  އަންދާޒާ ކޮށްފައިވެއެވެ. ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް އަންދާޒާކޮށްފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top