ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ހިފައިގެން ދޮންފަނު މީހަކު ލައްކައަކަށްވުރެ ގިނަ ރުފިޔާއިން ޖުރިމަނާ ކޮށްފި

image.jpg

ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދޫނި ތަކެއް ހިފައިގެން ބ. ދޮންފަނު މީހަކު 111500ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ ) ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމާ ހަވާލާ ދީ “މިހާރު ” ނޫހުގައިވަނީ ދޫނި ހިފާ މީހުންނާ ދެކޮޅަށް ތަކުރާރުކޮށް ގިނަ އިންޒާރުތަކެއް ދިން ނަމަވެސް އެކަން ހުއްޓައިނުލާ ކަމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ މި ކުރީ ދޫނި ހިފުން އާދަޔާ ހިލާފަށް ގިނަ ވެފައިވާތީކަމަށެވެ. އަދި މިގޮތަށް ކަންތައް ކުރެއްވުމުން ދޫނި ހިފުން ހުއްޓޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ނައީމު ވިދާޅުކަމަށް ޚަބަރުގައިވެއެވެ.

ދޮންފަނު މީހާ ހިފައިގެން ގެންގުޅުނު ދޫނިތަކުގެ ތެރޭގައި ހިމެނެނީ ރަތަފަ، ކިރު އިލޮޅި، ދުށިމެ، އަލަކަ، ބަކަމޫނު އަދި ސުރުމުތިި އެވެ. މިތަކެތި އެ މީހާ ގެންގުޅުނީ އޭނާގެ ގޭގައި ބަންދުކޮށްގެންނެވެ.

ނައީމް ވިދާޅުވީ ދޫނި މޫސުމުގައި އާއްމުކޮށް ރަށްރަށުގައި ދޫނި ހިފާ ކަމަށާއި އެކަމަކު އެއީ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމެއް ކަން، ސާކިއުލާ ފަދަ ތަކެތީގެ ޒަރީއާއިން މީހުންނަށް އަންގާ ކަަމަށެވެ.

ދޮންފަނުން އަތުލައިގަތް ދޫނިތައް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top