އެންމެ ދަށްކޮށް ސާވިސްޗާޖް ލިބުނީ ސެޕްޓެމްބަރު މަހު

anantara_kihavah_header_1920x1080.jpg

އަނަންތަރާ ކިހަވައްވިލާސް--ފޮޓޯ :އަނަންތަރާޑޮޓްކޮމް

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ދަށް ސާވިސް ޗާޖެއް ލިބިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ކަމަށް ރިސޯޓުތަކުގެ ސާވިސްޗާޖް އަންގައިދޭ މޯލްޑިވްސް ސާވިސްޗާޖް ވެބްސައިޓުން ހާމަ ކޮށްފިއެވެ. އެގޮތުން ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ސާވިސްޗާޖްވެސް މިދިޔަ މަހުވަނީ ބޮޑުތަން ދަށްވެފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބ.އަތޮޅުގައި ހިންގާ ރިސޯޓު ތަކުން ސާވީސްޗާޖްގެ ގޮތުގައި މިދިޔަ މަހު އެންމެ ގިނައިން ލިބިފައިވަނީ އަންނަތަރާ ކިހަވައް ވިލާސް އިންނެވެ. އެކަމަކު އެއީ ފާއިތުވި އޮގަސްޓް މަހު ލިބުނު ވަރަށްވުރެ 3400ރުފިޔާގެ އުނިވުމަކާއެކު 9400 ރުފިޔާއެވެ. އޮގަސްޓުމަހު މަހު އެރިސޯޓުން ބޮލަކަށް 12800ރުފިޔާ ލިބިފައި ވެއެވެ.

ދެވަނަ އަށް ދުސިތުތާނީ ރިސޯޓުންނެވެ. އެރިސޯޓުން މުވައްޒަފުންނަށް ބަހާފައިވަނީ 8600ރުފިޔާއެވެ. މިއީ އޭގެ ކުރީމަހަށްވުރެ 3377ރުފިޔާ ގެ އުނި ވުމެކެވެ.

ތިންވަނައިގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ ވެސްޓިން މިރިޔަންދޫ ރިސޯޓެވެ. އެރިސޯޓުން 7710 ރުފިޔާ މިދިޔަ މަހު ލިބިފައިވާ އިރު އޭގެ ކުރީމަހުވެސް މުވައްޒަފުންނަށް ލިބިފައިވަނީ ހަމަ މިވަރަށެވެ.

ލިސްޓުގެ ހަތަރުވަނައިގާ ފިނޮޅުރިސޯޓު އޮތް ނަމަވެސް މިރިސޯޓުންވެސް ލިބިފައިވަނީ ކުރީމަހަށްވުރެ 670ރުފިޔާގެ މަދުކޮށް 7029 ރުފިޔާއެވެ.

ބ.އަތޮޅުގައި ހިންގާ ފޯސީޒަން ރިސޯޓަކީ ފާހަގަ ކުރެވޭ ބޮޑު އަދަދެއް ސާވިސްޗާޖްގެ ގޮތުގައި ލިބޭ ލިބެމުން އައި ރިސޯޓަކަށް ވިޔަސް ފަހުގެ މަސްތަކުގައި ސާވިސްޗާޖް ދަށްވަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ މަހުވެސް ބޮލަކަށް ޖެހިފައިވަނީ އޮގަސްޓް މަހަށްވުރެވެސް 4000 ރުފިޔާ ގެ ދަށް ވުމަކާއެކު 6100 ރުފިޔާ އެވެ.

މީގެ އިތުރުން، ލިސްޓު ކުރެވިފައި އޮތީ މިލައިދޫ ރިސޯޓެވެ. އެރިސޯޓުން ބޮލަކަށް ޖެހިފައިވަނީ 5200ރުފިޔާއެވެ. މިއީވެސް އޭގެ ކުރިމަހަށް ވުރެ 1700ރުފިޔާގެ އުނިވުމެކެވެ.

ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން ވެބްސައިޓުގައި މައުލޫމާތު ހާމަކޮށްފައިވަނީ މި ރިސޯޓުތަކެވެ.

ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް 10 ޕަސެންޓް ނަގަ އެވެ. އޭގެ ތެރެއިން ބަހަނީ އެކި މިންވަރަށެވެ. ގިނަ ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ.

މި ވެބްސައިޓްގައިވާ މައުލޫމާތުތަކަކީ ރިސޯޓުތަކުގެ މެނޭޖްމަންޓުން ހާމަކުރާ މައުލޫމާތު ތަކެއް ނޫނެވެ. މި މައުލޫމާތު ދެނީ އެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top