ބޮޑުއީދަށްވެސް ރޯޔަލް އިން ހޮލިޑޭ ޕެކެޖެއް

vengine_models_hotel_gallery_h000004092016211717491.jpg

ރޯޔަލް އައިލެންޑް ރިސޯޓް - ފޮޓޯ : ވިލާ ހޮޓެލްސް

ރޯޔަލް އައިލެންޑް ރިސޯޓުން ބޮޑު އީދާ ދިމާކޮށް އަނެއްކާވެސް ދިވެހިންނަށް ޚާއްސަ ހޮލިޑޭ ޕެކެޖެއް ތައާރަފް ކޮށްފިއެވެ.

ޚާއްސަ މުނާސަބަތުތަކާ ދިމާކޮށް އެ ރިސޯޓުން ތަފާތު ޕެކޭޖުތައް ތަޢާރަފްކުރަމުން އަންނަ އިރު، އަންނަ ބޮޑު ޢީދަށް ތައާރަފްކޮށްފައިވާ ޕެކޭޖް ގައި ދެ މީހަކަށާއި ކުޑަ ކުއްޖަކަށް (12 އަހަރުންދަށުގެ) ރެއަކަށް ނަގަނީ 1999ރ. އެވެ. އަދި އިތުރު ކުއްޖަކަށް ވަކިން 599ރ އެވެ. މީގެ އިތުރުން ތިން އިރުގެ ކެއުމާއި ދަތުރުގެ ޚަރަދުގެ ގޮތުގައި ބޮޑު މީހަކަށް 800ރ. އަދި ކުޑަކުއްޖަކަށް 500ރ. ވަކިން ޗާޖުކުރެއެވެ. ޕެކޭޖް ކުރިއަށް ގެންދިއުމަށް އެ ރިސޯޓުން ނިންމާފައިވަނީ 30 އޯގަސްޓުން 10 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

ނަމަވެސް އޭދަފުށިން އެ ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ދާ ފަރާތްތަކަށް ރިސޯޓުން ހިލޭ ދަތުރު ހަމަޖައްސައިދެ އެވެ.

ރޯޔަލް އައިލެންޑުން ވަނީ މިދިޔަ ކުޑައީދާއި މިނިވަން ދުވަހުގެ ބަންދު ދުވަސްތަކަށްވެސް އަގުހެޔޮ ޕެކޭޖުތަކެއް ތައާރަފުކޮށްފަ އެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ބުނީ ދިވެހިންނަށް ޚާއްސަ ޕެކޭޖުތައް ތަޢާރަފްކުރަނީ އެކަށީގެންވާ ހެޔޮ އަގެއްގައި ރިސޯޓެއްގައި ޢާއިލާ ގޮވައިގެން ހިތްހަމަޖެހޭ، އުފާވެރި ދުވަސްތަކަކަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top