ރޯދަ އިނާޔަތް ދޭނީ މިމަހު 19 ގައި

Velaanaage-1024x682-1.jpg

ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ނިންމާފައިވަނީ މިމަހު 19 ގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު މާލިއްޔަތާ ބެހޭ ސަރކިއުލާގައި އިތުރަށް ބުނެފައި ވަނީ މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭ އިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން ކަމަށެވެ. އަދި އިތުރު ވަޒީފާއެއް އަދާކުރާ އޮފީހަކުން އިނާޔަތް ނުދިނުމަށް ވެސް އޭގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، “ޕޭ ލީވް ސްކޮލަޝިޕް މުވައްޒަފުން އަދި “ނޯ ޕޭ ލީވް” ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށް ވެސް ފިނޭންސުން އަންގާފައިވެ އެވެ. އެފަދަ ލީވެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އޮފީހަށް ނުކުމެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ.

ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރުފިޔާ ދޭން ޖެހެ އެވެ.

ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ފެށެނީ މި މަހުގެ 23 ގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top