އޭދަފުށިން ބިމެއް، އިސްލާމިކް ބޭންކަށް ދީފި

DSCN4977.jpg

އޭދަފުށި

އޭދަފުށީގައި އިސްލާމިކް ބެންކެއްގެ ގޮތްޕެއްް ގާއިމްކުރުމަށް ބިމެއް ދީފިއެވެ.

ގޮފި އަޅަން އިސްލާމިކް ބޭންކަށް ދީފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަށް މިހާރު އޭދަފުށީގައި ހުރި ބޭންކް އޮފް މޯލްޑިވްސް އިމާރާތާއި ޖެހިގެން އޮތް ބިމެވެ.

މި ބިން ހަވާލުކުރާ ދުވަހުން ފެށިގެން 2 އަހަރު ދުވަހު ބިމު ކުލި ދައްކާކަށް ނުޖެހެއެވެ. ނަމަވެސް ބާކީ 8 އަހަރުދުވަހު މަހުކުލީގެ ގޮތުގައި 3550 ރުފިޔާ ދައްކަން ޖެހެއެވެ.

އެމްއައިބީގެ ގޮތްޕެއް އޭދަފުށީގައި ގާއިމްކުރުމުގެ ބޭނުމަކީ އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައި ގޮސްފައިވާތީ އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެދުމުގެ މަތިންނާއި އަތޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިންކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top