ބަދަ ޖަމިއްޔާއިން ދަރަވަންދޫގައި ޓާފް ދަނޑެއް އަޅައިދީފި

viber-image-2.jpg

ބަދަ ޖަމިއްޔާއިން ދަރަވަންދޫ ސްކޫލުގައި އަޅައިދިން ޓާފު ދަނޑު: ފޮޓޯ: ދަރަވަންދޫ ސްކޫލް

ދަރަވަންދޫގައި އިސްލާމުދީނަށާއި ގައުމިއްޔަތާއި ދުޅަހެޔޮ ސިއްހަތެއްގެ އިތުރުން ތާރީޚާއި ސަގާފަތް އަދި ތިމާވެއްޓާއި ކުޅިވަރު ރޫހު އާލާކުރުމަށް ދަރަވަންދޫގައި މިއަހަރު އަލަށް އުފެއްދި ޖަމިއްޔާ އެއްކަމުގައިވާ ބ. އެޓޯލް ދަރަވަންދޫ ހިއުމާނިޓީ އެސޯސިއޭޝަން (ބަދަ) ޖަމިއްޔާގެ ފަރާތުން ބ.އަތޮޅު ސްކޫލްގައި ޓާފް ދަނޑެއް އަޅައިދީފިއެވެ.

ބަދަ ޖަަމިއްޔާއިން ބުނީ މިއީ އެރަށުގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމުގެ ގޮތުން ސްކޫލް ދަރިވަރުންނަށް ވެދިން އެހީއެއް ކަމުގައެވެ.

މި ދަނޑު ސްކޫލާ ހަވާލުކޮށްދެއްވީ އެ ސްކޫލުގައި އިއްޔެ ހަވީރު މި މުނާސަބަތަށް ހާއްސަ ކޮށް ބޭއްވި ރަސްމިއްޔާތެއްގައި  ޖަމިއްޔާގެ ފައުންޑަރ މެންބަރު މުހައްމަދު އިދްރީސް އެވެ. ސްކޫލުގެ ފަރާތުން ދަނޑާ ހަވާލުވީ ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުހައްމަދު ނާސިހު އެވެ.

މި ރަސްމިއްޔާތުގައި ދަރަވަންދޫ ސްކޫލުގެ ޕްރިންސިޕަލް ނާސިހު ވިދާޅުވީ މި ދަނޑުގެ ސަބަބުން އައުޓްޑޯ ކުޅިވަރު ތަކާއި ޕީއީ ގަޑިތައް ކުރިއަށް ގެންދަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ބަދަ ޖަމިއްޔާގެ މި އެހީއަށް ސްކޫލުގެ ދަރިވަރުންނާއި ޕީޓީއޭގެ ފަރާތުން ޝުކުރު ދަންނަވާ ކަމަށް ނާސިހު ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top