ނަޝީދު، މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފި

large_169708478152jCMl.jpg

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

އެމްޑީޕީން 49 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރުގެ މައްސަލަ މިއަދު ފުރަތަމަ އެޖެންޑާ ކުރީ 11:00 އަށެވެ. ނަމަވެސް މިއަދު ހެނދުނަށް އެޖެންޑާ ކުރި ބަޖެޓުގެ މަސައްކަތް ކުރިއަށްނުގެންދާތީ ދަ ޑިމޮކްރެޓްސްގެ މެންބަރުން ދިޔައީ ހަޅުތާލު ކުރައްވަމުންނެވެ. އަދި އެމްޑީޕީގެ މެންބަރުން ގެންދެވީ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފައިބައިވަޑައިގަތުމަށް ގޮވާލަމުންނެވެ.

އެހެންކަަމުން، މަޖިލީހުގައި ގަރާރުގެ މަސައްކަތްތައް ކުރިއަށްނުގެންދެވި އީވާ ޖަލްސާ ނިންމަވާލެއްވިއެވެ.

އެއަށްފަހު، މިއަދުގެ ހަވީރު 4:00އަށް އަނެއްކާވެސް ގަރާރުގެ މަސައްކަތް އެޖެންޑާ ކުރިއެވެ. އެ ޖަލްސާ ފެއްޓެވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް ރިޔާސަތުގައި އިންނަވައިގެންނެވެ.

ޝަރީފް ވިދާޅުވީ އެޖެންޑާގައި އޮތީ ނަޝީދު ވަކިކުރުމުގެ މައްސަލަ ކަމަށާއި ނަމަވެސް އެމަނިކުފާނު އިސްތިއުފާގެ ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީން 8 ފަހަރެއްގެ މަތިން މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރިއެވެ. ނަމަވެސް މިހާތަނަށް އެމައްސަލަ އޮތީ ކުރިއަށް ގެންދެވޭ ވަރު ނުވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top