ތުޅާދޫ އާއި ކަމަދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ސަސްޕެންޑް!

l_152138686712SNbT.jpg

ބ. ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދާއި ނައިބު ރައީސް ޒާއިދު ރަޝީދު ވަނީ އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފައި-ފޮޓޯނ: ސަން އޮންލައިން--

ތުޅާދޫ އާއި ކަމަދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ސަސްޕެންޑް ކޮށްފިއެވެ.

މި ދެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ސަސްޕެންޑުކޮށްފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭރުން އެ ދެ ކައުންސިލުން  ގަރާރެއް ނެރެފައިވާ މައްސަލައަކާއި ގުޅިގެންކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ބުނެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ސަސްޕެންޑު ކޮށްފައިވަނީ، ބ. ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދާއި އެކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު ގެ އިތުރުން ކަމަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދާއި އެކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދުއެވެ.

އެލްޖީއޭ އިން ތުޅާދޫ ކައުންސިލްގެ މެންބަރު މުހައްމަދު ތައުރީފަށް ފޮނުވި ސިޓީއެެއް ގައި ބުނެފައިވަނީ ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭ އާއި ބ އަތޮޅު ކައުންސިލް އަދި ބ ކަމަދޫ ކައުންސިލަށް މަޝްވަރާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމުގެ ކަންތައް ކުރިއަށް ގެންދާނީ ތުޅާދޫ ކައުންސިލްގެ މެންބަރު މުހައްމަދު ތައުރީފު ކަމަށެވެ.

ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު:

އެލްޖީއޭއިން ކަމަދޫ ކައުންސިލްގެ މެންބަރު އަހުމަދު ސަމީރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭ އާއި ބ އަތޮޅު ކައުންސިލް އަދި ބ ކަމަދޫ ކައުންސިލަށް މަޝްވަރާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމުގެ ކަންތައް ކުރިއަށް ގެންދާނީ ކަމަދޫ ކައުންސިލްގެ މެންބަރު އަހުމަދު ސާމިރުު ކަމަށެވެ.

އެ އޮތޯރިޓީން ތުޅާދޫ އާއި ކަމަދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ސަސްޕެންޑުކޮށްފައި ވަނީ އެއްމަސް ދުވަހުގެ މުއްދަތަށެވެ. އެ ބޭފުޅުން ސަސްޕެންޑު ކޮށްފައިވަނީ މި މުއްދަތުގެ ތެރޭގައި މުސާރައާއި އިނާޔަތް ނުހިނގާ ގޮތަށެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ، ސަސްޕެންޑުކޮށްފައިވާ މުއްދަތުގެ ތެރޭގައި ފަރުދީ ހައްސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުންނޫން ބޭނުމަކުން ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި، ކައުންސިލްގެ ލިޔެކިއުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން އެ ބޭފުޅުންނަށް މަނާކޮށްފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައްލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ބޭރުން،  އެދެ ކައުންސިލުން ގަރާރެއް ނެރުނު މައްސަލަ އާއި ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ  މި ދަރަޖައިގެ ކުށެއް ކޮށްފިނަމަ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top