ތުޅާދޫ ސްކޫލް ދަރިވަރުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް

5_0b81c8bc64.jpg

ތުޅާދޫ ސްކޫލް ދަރިވަރުން ހޭލުންތެރިކުރުމަށް ކުރިއަށް ގެނދިޔަ މައުލޫމާތު ދިނުމުގެ ސެޝަން--ފޮޓޯ :ޕޮލިސް ލައިފް

ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނާއި ތުޅާދޫ ސްކޫލް ގުޅިގެން އެ ސްކޫލް ދަރިވަރުން ހޭލުންތެރި ކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އެ ސެޝަނުގައި މައުލޫމާތު ދީފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭގޮތުން ކަމަށެވެ.

މި މަހު 24 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަން ގައި މައުލޫމާތު ދީފައިވަނީ ، މަގުމަތީގައި އުޅޭއިރު ދުއްވާ އެއްޗިއްސަށް ސަމާލުކަންދިނުމާއި މަގުމަތީގައި ދިމާވާ އެކި ހާދިސާތަކުން ރައްކާތެރިވާނެ ގޮތުންވެ. އަދި މަގުމަތީގައި އުޅޭއިރު އެހެން މީހުންނަށް އުނދަގޫ ނުވާނޭ ގޮތަށް އަމަލުތައް ބެހެއްޓުމަށާއި ބައިސްކަލު ދުއްވުމުގައި ސަމާލުކަންދޭންވީ ކަންކަންވެސް ބުނެދީފައިވެއެވެ.

އޭގެ އިތުރުން، އަލިފާނުގެ ހާދިސާތައް ހިނގުމަށް ދިމާވާ ސަބަބުތަކާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމުގެ އިތުރުން އަލިފާނުގެ ހާދިސާއެއް ހިނގުމުން އަމަލުކުރާނެގޮތާއި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ސެޝަންގައި ތުޅާދޫ ސްކޫލްގެ ގްރޭޑް ހަތަކާއި އަށެއްގެ 62 ދަރިވަރުން ބައިވެރިވެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top