ދިރާސީ އަހަރުފެށުން، އޮގަސްޓް 10 ގައި.

DSCN9866.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު --އީވީ ފޮޓޯ

ދިރާސީ އާ އަހަރު އަންނަ އަހަރުގެ އޮގަސްޓް 10 ގައި ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދި އާންމު ކުރި އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން މުޅި މި އަހަރު ބަލާފައިވަނީ އެއް ޓާމުގެ ގޮތުގަ އެވެ. ޖެނުއަރީ 12 ގައި މި އަހަރުގެ ދިރާސީ އާ އަހަރު ފެށިއިރު، މި އަހަރުގެ ފުރަތަމަ ޓާމު ނިމޭނީ، އަންނަ ޑިސެމްބަރު 3 ގަ އެވެ

އެހްންވުމުން މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހު ތިނެއްގަ އެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށް ގެންދާނީ އަންނަ އަހަރު ޖެނުއަރީ 12 އިން 24 ޖޫން އަށެެވެ.

ދިރާސީ އާ އަހަރު އޮގަސްޓު މަހަށް ލަސްކުރީ ކޮރޯނާ ވައިރަސްއާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކެނޑި ގިނަ ދުވަސްތަކެއް ވަންދެން ދަރިވަރުންގެ ފިލާވަޅުތައް ގެއްލިފައިވާތީ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top