ކުޑަރިކިލު ފުޓްސަލް ދަނޑު ނިންމައި، ބޭނުން ކުރަން ފަށައިފި.

large_159731444538Glp8.jpg

ބ. ކުޑަރިކިލުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑު --- ޔޫތް މިނިސްޓްރީ

ސަރުކާރުން ބ. ކުޑަރިކިލުގައި އަޅައިދީފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި އެދަނޑުގެ ބޭނުން ކުރަން ފަށައިފި އެވެ.

ސަރުކާރުން 1.23 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން އެޅި މި ފުޓްސަލް ދަނޑުގައި ވަނީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓުވެސް ހަރުކޮށްފައެވެ. އަދި އަންހެނުންނާއި ފިރިހެނުންނަަށް ފުޓްސަލް ކުޅުމަށާއި، ދުޅަހެޔޮ ހަށިހެޔޮ ޕްރޮގުރާމުތައް ޖެއްސުމަށް ވެސް މި ދަނޑު ބޭނުން ކުރެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެއެެވެ.

“މި ދަނޑަކީ ދެ ޖިންސްގެ ޒުވާނުން ވެސް ބޭނުންކުރާނެ ތަނެއް ކަމަށް އުންމީދު ކުރަން. އަދި އެހެންމެ ދަނޑުގެ މަސައްކަތް ނިންމާލުމަށް ކުޑަރިކިލު ކައުންސިލާއި ޒުވާނުން ދެއްވި އެހީތެރިކަމަށް ވެސް ޝުކުރު އަދާ ކުރަން.” ޔޫތު މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top