ބ. އަތޮޅުގައި އިތުރު ރިސޯޓެއް އަންނަ މަހު ހުޅުވަނީ

opening-new-resort-avani-fares-maldives-2022.jpg

ބ. ފަރެހުގައި ތަރައްގީކުރަމުން އަންނަ އަވާނީ ބްރޭންޑްގެ ރިސޯޓް އަންނަ މަހުގެ ފުރަތަމަ ދުވަހު ހުޅުވަން ނިންމައިފި އެވެ.

އަވާނީ ޕްލަސް ފަރެސް ގެނަމުގައި ހުޅުވާ މިރިސޯޓަކީ ހަތްދިހަ މިލިއަން ޑޮލަރު ރަދުކޮށްގެން 12.4 ހެކްޓަރުގެ ރަށުގައި ހަދާ ރިސޯޓެކެވެ. 176 ކޮޓަރީގެ އެ ރިސޯޓުގައި ސްޓޫޑިއޯ، ބީޗު ވިލާ އާއި އޯވަ ވޯޓަ ވިލާތައް ހުރެއެވެ.

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް އިން ތަރައްގީކުރާ މި ރިސޯޓުގައި ތަފާތު ގައުމުތަކުގެ ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި އަވާނީ ސްޕާއެއްގެ އިތުރުން ބޮޑު ސްވިމިން ޕޫލެއް ވެސް އޮވެއެވެ.

އަވާނީ ހޮޓެލްސް އަކީ މިހާރު ވެސް ރާއްޖޭގައި ރިސޯޓްތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެއީ އަނަންތަރާ ބްރޭންޑުގެ ތިން ރިސޯޓެވެ. އަވާނީ ހޮޓެލްސް އަކީ އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑްގެ މައި ކުންފުނި، ތައިލޭންޑުގެ މައިނަ ހޮޓެލްސްގެ ބްރޭންޑެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top