ރާއްޖެއިން ހިމަބިހި ފެނިއްޖެ!

large_168052780751SmBE.jpg

އައްޑޫ ސިޓީއިން ހިމަބިހި ނުވަތަ މީސްލްސްއަށް ކުޑަކުއްޖަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އަދި މި ބަލީގެ އިތުރު އެއް ކޭސް ދެނެގަނެވި ސާމްޕަލް ނަގައި ޓެސްޓް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ދެ ކޭސް ވެސް ފެނިފައިވަނީ ކުޑަކުދިންގެ ތެރެއިން ނަމަވެސް އެ ދެ ކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު ފަހަނަ އަޅާފައިވާތީ ދެކުދިންގެ ފަރާތުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ވިދާޅުވެފައިވާތީ ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑުވެސް ރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އެ އެވޯޑް ރާއްޖެ އާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

މި ބަލި ރާއްޖެއިން އެ ފަހުން ފެނިފައި ވަނީ ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަދުން އައްޑޫން ހިމިބިހީގެ ވޭދަނައެއް ފައްސިވެފައިވާ ކަމަށާއި، މި ބަލި ޖެހުނު ކަމަށް ބެލެވޭ އިތުރު ވޭދަނައެއް ދެނެގަނެވިފައިވާ ކަަމަށެވެ. އަދި އެއީ ހިމިބިހިކަން ކަށަވަރު ކުރުމަށް ސުންކު ނަގައި ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް އެޗްޕީއޭ އިން ބުނެފައި ވެއެވެެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި އަރިދަފުސް ފޭބުމެވެ. އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެން އަލާމާތެއް ފެނިއްޖެ ނަމަ ސިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top