މުއްދަތު ހަމަވެގެން ދިޔައިރުވެސް އެމްޓީސީސީއަށް ކަމަދޫ ބަނދަރު ނިންމާނުލެވުނު

IMG_8964-800x534-pja8d7dlou8ip0icpdibic9ccshqhrfwb5vghkpg2y-1.jpg

20 ޖަނަވަރީ 2022؛ ކަމަދޫ ބަނދަރުހެދުމުގެ މަޝްރޫއުގައި ސޮއި ކުރުން--ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ބ.ކަމަދޫ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރި މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެ ބަނދަރުގެ މަސައްކަތް  ނިންމައި ނުލެވުނުކަން ހާމަ ވެއްޖެ އެވެ.

ކަމަދޫ ބަނދަރުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު 20ވަނަ ދުވަހު 47.01 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް އަދިވެސް އެމަސައްކަތް ނުނިންމެ އެވެ. އެންމެ ފަހުން މިއަދު އެމްޓީސީސީ އިން ބުނެފައިވަނީ ކަމަދޫ ބަނދަރު މަސައްކަތުގެ 54 އިންސައްތަ ނިމިފައިވާ ކަމަށާއި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވެސް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

ކަމަދޫގައި މިހާރު އޮތީ 400 ފޫޓް ދިގު 150 ފޫޓު ފުޅާ ބަނދަރެކެވެ. ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރަށް އިތުރުކުރަން ހަމަޖެހިފައި އޮތީ 150 ފޫޓެވެ. މި މަސައްކަތުގެ ދަށުން ބަނދަރަށް އިތުރުކުރާ 25،404 އަކަމީޓަރުގެ ސަރަހައްދު ފުންކުރުމާއި 180 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާން ޖެހެ އެވެ. އަދި 826 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އޮޑިފަހަރު އަޅާ ވާ އެއްސުމަށް 70 މޫރިންގް ހަރުކޮށް ކޮޅުވެއްޓިތަކަށް ކައިރިކުރެވޭ ގޮތަށް 11 މީޓަރުގެ ރޭމްޕެއް ހަދައި 1730 އަކަމީޓަރުގެ ދުވާރު ހަދާ ބަނދަރު ހިމެނޭ ސަރަހައްދުގައި 17 މަގުބައްތި ޖެހުމާއި ނެރުބައްތި ޖެހުންވެސް މަޝްރޫއުގައި ހިމެނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top