“ޓީމް އޭދަފުށި ” ފައިނަލަށް ދިއުމުގެ މަގުބަންދު ވެއްޖެ

ޓީމް އޭދަފުށި

ޓީމް އޭދަފުށި

ނެޓްބޯޅައެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މި ރޯދަމަހަށް ޚާއްޞަކޮށްގެން ބޭއްވި “ރަމަޟާން ނެޓްބޯޅަލީގު”ގައި ރޭ “ޓީމް އޭދަފުށި” ބަލިވުމުން ފައިނަލަށް ދިއުމުގެ މަގު ބަންދުވެ މުބާރާތުން ކަޓައިފިއެވެެ.

ޒުވާނުންގެމަރުކަޒުގެ ނެޓްބޯޅަކޯޓްގައި ރޭ 12 ޖެހިއިރު އޮތް މިމެޗުން “ޓީމް އޭދަފުށި ” ބަލިވީ ފިއޮންޓީ ޖޫނިއަރސްއާ ބައްދަލުކޮށް 22-26 ގެ ކުޑަތަފާތަކުންނެވެ.

މުބާރާތުން ބަލިވިޔަސް ޓީމްގެ ކުޅުންތެރިން ދެއްކި މޮޅުކުޅުމާމެދު އެމީހުން ތިބީ ހިތްހަމަޖެހިފައެވެ. ކުޅިވަރުގެ ގާނޫނަކީ މޮޅުވުމާ ދެރަވުން ކަމަށްވާތީ އެކަމާ އެހާބޮޑަށް ދެރަނުވާކަމަށް ޓީމްގެ އޮފިޝަލަކު އީވީއާ ވާހަކަދައްކަމުންބުންޏެވެ. ޓީމްގެ ސަޕޯޓަރުންގެފަރާތުންލިބުނު ފުލްސަޕޯޓާ ސްޕޮންސަރުން ވެދެއްވި އެހީތެރިކަމަށްޓަކާ އެފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރުއަދާކުރަމުން އިތުރަށްބުނީ މިއީ ފެށުންކަމާ މި ފެށުމަކީ ކާމިޔާބު ފެށުމެއްކަމުގައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް “ޓީމް އޭދަފުށި ” ފެންނާނެ ކަމަށާއި މިނަން ދަމަހައްޓާނެކަމުގައެވެ.

މި މުބާރާތުން “ޓީމް އޭދަފުށި ” ސެމީފައިނަލުން ޖާގަހޯދީ އެ ގްރޫޕްގެ ދެވަނަޓީމްގެ ގޮތުގައެވެ. މި ގްރޫޕްގައި އޮވެގެން ބައްދަލުކުރި ތިންމެޗުން ދެމެޗްވަނީ ކާމިޔާބުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top