ޝާހިދުކަޕޫރުއާއި މީރާ ކައިވެނިކޮށްފި

11665694_10153371453679123_5001292234153646089_n.jpg

ބޮލީވުޑްގެ ޗޮކްލެޓްބޯއިގެ ނަމުން މަޝްހޫރުވެފައިވާ އަދި މިއަހަރުގެވެސް އެންމެ މަޝްހޫރު ކައިވެނިކަމުގައިވާ ޝާހިދުކަޕޫރު34. އާއި މީރާރާޖްޕުތު 21. ކައިވެނިކޮށްފިއެވެ.

މިއަދު 11ޖަހާކަށްހާއިރު ދެފަރާތުގެ އާއިލާގެ ފަންސާހެއްހާ މީހުންނާއެކު މިކައިވެނި ކުރެވިފައިވަނީ ގްރެގައުންގައި ހުންނަ މީރާގެ ފާމްހައުސްއެއްގައެވެ.

ޝާހިދުއާއި މީރާގެ ގާތްއެކުވެރިއަކު ބުނިގޮތުގައި ކައިވެނީގެފަހުން މިހާރު އެދެމަފިރިން ތައްޔާރުވަމުންދަނީ މިރޭ ކައިވެނީގެ މުނާސަބަތުގައި އޮބްރޯއީ ހޮޓެލްގައި އޮންނަ ޕާޓީއަށް ދިއުމަށެވެ.

އެހޮޓަލުގައި މި ޕާޓީ އޮންނައިރު ދެފަރާތުގެ އާއިލާމީހުން މީގެ ތިންދުވަސްކުރިން ފެށިގެން ދަނީ އެހޮޓަލަށް ޖަމާވަމުންނެވެ. ޝާހިދުގެ ބައްޕައާ ދޮންމަންމައާއި ކޮއްކޮމެންވެސް މީގެތެރޭގައިހިމެނެއެވެ. މިޕާޓިއަށް ފައްސަތޭކައެއްހާ މީހުންނަށް ދައުވަތު ދީފައިވެއެވެ.

ފިލްމް ހައިދަރު އިން އެންމެފަހުން ފެނިފައިވާ ޝާހިދުއާއި މީރާ ހަނީމޫނަށް ދާނެތަނެއް އަދި ނުނިންމައެވެ. އޭނާމަސައްކަތްފަށާފައިވާ ބައެއް ފިލްމުތަކާއި ރިއަލިޓީ ޝޯއެއްކަމަށްވާ “ޖަލަކްދިކްލާޖާ”ގެ ޖަޖެއްގެ ގޮތުގައިވެސް އުޅެންޖެހިފައިވާތީ މިއީ ހަނީމޫންގެ ތާޜީޚަށް އެޅިފައިވާ ހުރަހެއްކަމަށް ވެދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top