ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2018 : ޝާކް ސިޓީ މޮޅުވެ އެފްސީކަރާއާއި ޝާކްސިޓީ ޖ. އެއްވަރު

1.jpg

ފެހެންދޫ އެފްސީ އާއި ޝާކްސިޓީ -ފޮޓޯ :އިބްރާހީމް ނިޔާޒް

ބ.ގޮއިދޫގައި މިހާރު ކުރިއަށްދާ ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2018 ގައި މިއަދުވެސް ވަނީ ދެމެޗް ކުޅެފައެވެ.

ފުރަތަމަ މެޗުގައި ޝާކް ސިޓީއާ ދެކޮޅަށް ނުކުތީ ފެހެންދޫ ސްޕޯޓްސް ކްލަބެވެ.

3-0 އިން ޝާކްސިޓީ ކާމިޔާބު ކުރި މި މެޗްގައި އެޓީމު ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ޚާއްސަކޮށް އެޓީމްގެ އައިހަމް އާއި ހާފިޒްގެ މޮޅު ކުޅުން ފާހަގަވެގެން ދިޔައެވެ.

މެޗްގައި ލަނޑު ޖަހާފައިވަނީ އައިހަމް އާއި އިބްރާހީމް ފަޒީލް ގެ އިތުރުން މި މެޗްގެ މޮޅު ކުޅުން ތެރިޔާގެ މަގާމަށްވެސް ހޮވުނު އަލީ ހާފިޒް އެވެ.

މިއަދުގެ ދެވަނަ މެޗްގައި ވާދަކުރީ އެފްސީ ކަރާ އާއި ޝާކް ސިޓީ ޖޫނިއަރ ޓީމެވެ.

ވަރަށް ހަމަހަމަ އެކަމަކު ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރު ވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޝާކްސިޓީ ޖޫނިއަރގެ މުހައްމަދު ވިސާމް އެވެ. މެޗްގައި ޝާކް ސިޓީ ޖޫނިއަރއިން ލަނޑުޖަހާފައި ވަނީ ޝާނީޒް އެވެ. އެފްސީ ކަރާއިން ލަނޑުޖެހީ ފައްރާހު އެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗްގައި ޝާކްސިޓީއާއި ދެކޮޅަށް ވާދަ ކުރާނީ ޝާކްސިޓީ ޖޫނިއަރ ޓީމެވެ. ދެވަނަ މެޗްގައި ފެހެންދޫ އެފްސީ އާ ދެކޮޅަށް ނުކުންނާނީ އެފްސީ ކަރާ އެވެ. ފުރަތަމަ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ. އަދި ދެވަނަމެޗް ފަށާނީ ހަވީރު 5:00 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top