މާރިޔާ އަސްލަމް- އެންމެ 8 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށްގެން ދުނިޔޭގެ ސަމާލުކަމަށް!

Girl.png

 އިނގިރޭސި ވިލާތުގެ ލޫޓޮން ކިޔާ އަވަށަކަށް އުފަންވެފައިވާ މާރިޔާ އަސްލަމް އުމުރުން އެންމެ 8 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށްގެން އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނެސްފިއެވެ. މާރިޔާގެ މި އާދަޔާ ޚިލާފު ހުނަރުގެ ސަބަބުން ދުނިޔޭގެ އެތައް މުސްލިމުންނެއް ދަނީ އޭނާއަށް ތަހުނިޔޔާ ކިޔަމުންނެވެ.

މާރިޔާ ކީރިތިޤުރުއާން ހިތުދަސްކުރީ ދެއަހަރުގެ ތެރޭގައިކަމަށާ ކީރިތި ޤުރުއާން ހިތުދަސްކުރަން ފަށާފައި ވަނީ އޭނާގެ އުމުރުން ފަސްއަހަރުގައި ކަމަށް އޭނާގެ މަންމަ ބީބީސީއަށް ދީފައިވާ އިންޓަވިއުގައި ބުނެފައި ވެއެވެ.

މި އުފަލާއެކު މާރިޔާ ވަނީ ސީރިޔާގެ މުސްލިމް ކުޑަކުދިންނަށް އެހީވުމުގެ ގޮތުން ތިންހާސް ފައްސަތޭކަ ޕައުންޑް ސަދަގާތް ކޮށްފައެވެ.

މާރިޔާގެ މަންމަ އޭނާގެ އަށްއަހަރުގެ މިދަރިފުޅުގެ ހުނަރު ދައްކާލުމުގެ ގޮތުން ” އަލްޙާފިޒާ މާރިޔާ އެންޑްމޮމީ” ގެ ނަމުގައި ފޭސްބުކް ޕޭޖެއްވެސް ދަނީ ހިންގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top