22 ޓީޗަރުންނަށް ޕޭލީވްއާއި ޓިއުޝަން ފީއާއެކު މާސްޓަރސްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލަނީ

1044791_1318500498176497_2623291194901594151_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުން ކޮޅެއް.

22 ޓީޗަރުންނަށް ޕޭލީވްއާއި ޓިއުޝަން ފީއާއެކު މާސްޓަރސްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައި މިއަހަރުގެ ދެވަނަ ސެމިސްޓަރގައި ކޯސް ފަށާގޮތަށް ހަމަޖައްސައިފިއެވެ.

މިއީ ދަރިވަރުންގެ ފެންވަރު ވަޒަންކުރާނެ ފަހުގެ ގޮތްތައް ދަސްކޮށްދިނުމާއެކު ތައުލީމުގެ ތަފާސްހިސާބު ތައް އިލްމީ ގޮތެއްގައި ހޯދައި ޝާއިޢުކުރެވޭނެ ގާބިލްކަން ސްކޫލްތަކުގެ ފަންނީ މުވައްޒަފުންގެ ކިބައިގާ އަށަގެންނެވުމުގެ ގޮތުން ގައުމީ ޔުނިވަރސިޓީގައި މާސްޓަރއިން އެޑިއުކޭޝަން އެސެސްމަންޓްގެ ނަމުގައި އަލަށް ފަރުމާކޮށްގެން ހިންގާ ކޯހެކެވެ.

މި ކޯސް ފަރުމާ ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކޮލިޓީ އެޝުއަރެންްސް ޑިޕާޓްމަންޓް ( ކިއުއޭޑީ ) އާއިި ގައުމީ ޔުނިވަރސިޓީ ގުޅިގެންނެވެ.

ތިން ސެމިސްޓަރގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މިކޯހަކީ ފުލްޓައިމްކޮށް ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ކޯހެއްކަމަށް ކިއުއޭޑީން ބުނެއެވެ.

މިކޯހުގެ ފުރަތަމަ ބުރުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އަތޮޅަކުން ދާއިމީ އެއްޓީޗަރަކާއި މާލެއިން ދެ ޓީޗަރަކާއެކު ޖުމްލަ 22 ޓީޗަރުން ނަށެވެ. ކޯހުގެ ޓިއުޝަން ފީއަށް ދައްކަން ޖެހޭ 24000ރު. ދިނުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ޕެއިޑް ލީވް އުސޫލުގެ ތެރެއިން އެ ބައިވެރިންނަށް ކޯހުގެ މުއްދަތަށް ޕޭ ލީވް ހަމަޖައްސައިދެވޭނެ ކަމަށް ކިއުއޭޑީ އިން ބުނެ އެވެ.

ކޯހުގެ ޝަރުތަކަށް ކަނޑައަޅާފައިވަނީ އެންމެ ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ލެވެލް ހަތެއްގެ ސެޓްފިކެޓް އޮތުން، ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވަނީ އިނގިރޭސި ބަހުން ނޫންނަމަ، އޯ ލެވެލް އިމްތިހާނަކުން ‘ސީ’ ގްރޭޑް ނުވަތަ އެއަށްވުރެ މަތީ އިނގިރޭސި ފާހެއް އޮތުމެވެ.

އެ ކޯހަށް ކުރިމަތިލުމުގެ އެންމެ ފަހުގެ މުއްދަތަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ކަމުގައި ކިއުއޭޑީން ބުނެއެވެ. . ކޯހަށް އެދޭ ފޯމް ހުށަހަޅަން ޖެހޭނީ ކުރިމަތިލާ މީހަކު ނިސްބަތްވާ ރަށެއްގެ ސްކޫލަކަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top