ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށަށް

Eydhafushi-stone-shop-640x336.jpg

ރާއްޖޭގެ އިންފްލޭޝަންރޭޓް މިދިޔަ މާޗްމަހު 0.53 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.

އެބިއުރޯއިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހު އިންފްލޭޝަން ރޭޓް 0.22 އިންސައްތަ އިތުރުވެފައިވާއިރު މާޗްމަހުގެ އިންފްލޭޝަން 0.53 އިންސައްތަ ދަށަށް ގޮސްފައިވަނީ ކާނާގެ ގިނަ ބާވަތްތަކާއި ތެލުގެ އަގު ދަށަށް ދިއުމާގުޅިގެންނެވެ.

އެ ތަފާސްހިސާބުގައިވާގޮތުން މަހުގެ ބާވަތްތަކުން 4.98 އިންސައްތަ ހެޔޮވެ ތަރުކާރީގެ ބާވަތްތަކުން ވެސް 5.3 އިންސައްތަ ހެޔޮވެފައިވެއެވެ. މީގެ އިތުރުން ބިހާއި ކިރާ ޗީޒްފަދަ ބާވަތްތަކުން0.61 އިންސައްތަ ހެޔޮވެފައިވާއިރު ޕެޓްރޯލާއި ޑީސަލްގެ އަގުންވެސް ވަނީ 2.20 އިންސައްތަ ހެޔޮވެފައެވެ.

މިދިޔަ މަހު އަގުތައް އުފުލިފައިވާ ބާވަތްތަކަށް ބަލާއިރު ކުޅިވަރުކުޅެ ސާމާނާއި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ތަކެތި އަދި ގޭގައި ހިފާގެންގުޅޭ ތަކެއްޗާއި ސިއްހަތާއި ތައުލީމީ ދާއިރާގެ ޚިދުމަތްތަކާ މުދާ ހިމެނެއެވެ. މީގެ އިތުރުން ކުލީގެ އަގުވެސް ވަނީ މައްޗަށް ޖެހިފައެވެ.

އިމާރާތް ކުރުމުގެ ތަކެތީގެ އަގު 1.38 އިންސައްތަ ބޮޑުވެފައިވާ އިރު، ގޭގައި ހިފާގެންގުޅޭ ސާމާނުން 0.76 އިންސައްތަ އަގު ބޮޑުވެފައިވެއެވެ. ގޭގެ ކުލީގެ އަގު 0.38އިންސައްތަ ބޮޑުވެފައިވާއިރު ޕްރީސްކޫލާއި ޕްރައިމަރީ ތައުލީމުގެ އަގުވެސް 0.60 އިންސައްތަ ބޮޑުވެފައިވެއެވެ. އަދި ސިއްހީ ދާއިރާއިން ބޭހުގެ އަގު 0.99 އިންސައްތައާއި ކުޅިވަރާއި ސަގާފީ ކަންކަމުގެ ބައިގެ އަގުތައް 3.32 އިންސައްތައަށް ބޮޑުވެފައިވާ އިރު މޭވާގެ އަގުވެސް ވަނީ 0.52 އިންސައްތަ އުފުލިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top