”ލޮބީން ފުޓްސަލް ފިއެސްޓާ 2020“ ފަށައިފި

2ffaa164-8b6d-4196-a4cd-6dd9ead9487b-1.jpg

”ލޮބީން ފުޓްސަލް ފިއެސްޓާ 2020“ގެ ނަމުގައި އޭދަފުށީގައި ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.

9 ޓީމް ބައިވެރިވި މި މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލު ކުރީ ވެލާ ސިޓީއާއި ހުސްސޮނގުން އެފްޓީއެވެ. 4 ލަނޑު1 ލަނޑުން މެޗު ކާމިޔާބު ކުރީ ވެލާސިޓީ އިންނެވެ.

މި މެޗުގައި ދެޓީމުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ގިނަ ވަގުތު މެޗް ޑޮމިނޭޓް ކޮށްގެން ކުޅެފައިވަނީ ވެލާސިޓީ އެވެ.

މެޗުގައި އެންމެ ފާހަގަކުރެވުނީ ވެލާސިޓީގެ ކުޅަދާނަ ގޯލް ކީޕަރެވެ. އޭނާ ވަނީ އިދިކޮޅުގެ ގިނަ ބޯޅަތަކެއް ދިފާއު ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވާފައިވަނީ ވެލާސިޓީގެ އިބްރާހީމް ޝަރީފެވެ.

މި ދެ ޓީމުގައިވެސް ތިބި ކުޅުންތެރިންނަކީ އޭދަފުށީގައި ފުޓްސަލްގެ ރޮނގުން އެންމެ މޮޅު ކުޅުންތެރިން ކަން ފާހަގަ ކުރެވެއެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައވަނީ ކައްކަނި އަދި ފްރެންޑްސް ޓީމެވެ. މި މެޗް ތަފާތު ބޮޑުކޮށް 7-1 އިން ކާމިޔާބު ކުރީ ކައްކަނި އެވެ.

މެޗުގައި ކައްކަނި ފެނުނީ ޓީމެއްގެ ގޮތުގައި ވަރުގަދަކޮށެވެ. އޭގެ ނަތީޖާއަކީ ފްރެންޑްސް ޓީމުން ކައްކަނި ނުހިފޭއްޓިގެން ތަފާތު ބޮޑުކޮށް މޮޅު ވުމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ މިމެޗުގައި ހެޓްރިކްވެސް ހެދި ކައްކަނި ޓީމްގެ ރުޝްދާން އިބްރާހީމެވެ.

މި މުބާރާތުގެ 2 މެޗު މިރޭވެސް ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ  އެފްސީ ސަޑަންލީ އާއި އިރުމަތި ލަވާސް އެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ހުސްސޮނގުން ލެޖެންޑް އާއި ވެލާ ސިޓީއެވެ. ފުރަތަމަ މެޗު ފަށާނީ 20:30 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top