ތެލުގެއަގަށްްއައި ހެޔޮބަދަލާއެކު ފެރީލޯންޗްދަތުރުތަކުގެ ޓިކެޓަށްވެސް ހެޔޮބަދަލެއް

DSC_08851.jpg

އެޓޮލްސް ކިއުޓްފެރީ ސަރވިސްއިން ދުއްވަމުން ގެންދާ "އެޓޮލްސް ކިއުޓްކްރޫޒާ"

ރާއްޖޭގެ ބާޒާރުގައި ތެލުގެއަގު ހެޔޮވުމާ ގުޅިގެން އޭދަފުށީގައި ސްޕީޑް ލޯންޗްގެ ޚިދުމަތްދެމުން އަންނަ މައި ދެ ގްރޫޕްކަމުގައިވާ އެޓޮލްސްކިއުޓް ފެރީސަރވިސް އާއި ސޭލަމް އިން ފެރީގެ ދަތުރުތަކުގެ އަގު ހެޔޮކޮށްފިއެވެ.

މި ދެގްރޫޕުންވެސް ކުރިން މާލެއަށް ކުރާ ދަތުރު ތަކުގައި ކޮޅަކަށް ނަގަނީ 330ރ. ނަމަވެސް މިހާރު ނަގަމުން އަންނަނީ ކޮޅަކަށް 300 ރ. އެވެ.

އެޓޮލްސް ކިއުޓްފެރީ ސަރވިސްގެ ފަރާތުން ވާހަކަދެއްކެވި އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މީގެ އިތުރުން އެ ކުންފުނީގެ ލޯންޗްތަކުގައި އާއްމުކޮށް ދަތުރު ކުރައްވާ ބޭފުޅުންނާއި 10 ޓިކެޓް ނަންގަވާ ބޭފުޅުންނަށް ކުންފުނިން ދޭ ޚާއްސަ އިނާޔަތެއްގެ ދަށުން ޑިސްކައުންޓް ރޭޓެއްގައި ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ތެލުގެއަގު ހެޔޮވަމުން އައި ނިސްބަތަށް ބަލައި ކުރިންވެސް ވާނީ އިސްވެ ޓިކެޓްގެއަގު ހެޔޮކޮށްްފައި ކަމުގައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ތެލުގެ އަގަށް ހެޔޮ ބަދަލު އަންނަނަމަ ލޯންޗްދަތުރުގެ އަގުތަކަށްވެސް އެބަދަލު ގެންނާނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top