ފޮޓޯއިން ޚަބަރު : އޭދަފުށި ފުޓްބޯޅަ ޓީމް ކުޅުދުއްފުއްޓަށް ފުރުން

DSCN6142.jpg

ކުޅުދުއްފުށީގައި އޮންނަ އެސްޓީއޯ މިނިވަން ޗެމްޕިއަން ޝިޕްގެ ފައިނަލް ބުރުގެ މެޗްތައް ކުޅުމަށް އޭދަފުށީ ފުޓްބޯޅަ ޓީމް މިއަދު އެރަށަށް ދިއުމަށް ފުރައިފިއެވެ. އޭދަފުށީގެ ރަސްމީ ފާލަމުން މި ޓީމް ފުރިއިރު ކުޅުންތެރިންނަށް އަލްވަދާއު ކިއުމަށް ރަށު ކައުންސިލްގެ މެންބަރުންނާ އަތޮޅު ކައުންސިލްގެ ރައީސް ގެ އިތުރުން ޓީމަށް ސަޕޯޓްކުރާ އެތައްބަޔަކު ފާލަމަށް ހާޒިރު ވިއެވެ.

މި މުބާރާތުގައި ޖޫން 6 ވަނަ ދުވަހު އޭދަފުށީ ބައްދަލުކުރާނީ ހދ. ކުޅުދުއްފުށްޓާ އެވެ. އަދި 10ވަނަ ދުވަހު ނުކުންނާނީ ށ. މިލަންދޫއާ ދެކޮޅަށެެވެ. ގްރޫޕުގެ ފަހު މެޗަށް އއ.މާޅޮހާ ދެކޮޅަށް ނުކުންނާނީ ޖުލައި 12 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top